ސޫރަތުލް ކަހްފި

ސޫރަތުލް ކަހްފި

ބުދަ 26 ފެބްރުއަރީ 2020

ސޫރަތުގެ ޢާއްމު ތަޢާރަފެއް:

Advertisement


މިއީ މައްކީ ސޫރަތެކެވެ. މިސޫރަތް ބާވާލެއްވިފައިވަނީ ސޫރަތުލް ޣާޝިޔާ އަށްފަހު، އަދި ސޫރަތުއް ޝޫރާގެ ކުރިންނެވެ. ގުރްއާނުގެ ތަރްތީބުން މިއީ 68 ވަނަ ސޫރަތެވެ. މިއީ ކީރިތި ގުރްއާނުގައި (އަލްޙަމްދު)ގެ ލަފްޡުން ފެށޭ ފަސް ސޫރަތުގެ ތެރޭގައި ހިމެނޭ ސޫރަތެކެވެ. އެއީ ސޫރަތުލް ފާތިޙާ، އަންޢާމް، ސަބައު، ފާޠިރު އަދި ކަޙްފު އެވެ. މި ސޫރަތަކީ އެކުގައި ބާވާލެއްވި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ.

ސޫރަތް ބާވާލެއްވުނު ސަބަބު:

އިބްނު ކަޘީރު ރަޙިމަހުﷲ- މި ސޫރަތް ބާވާލެއްވުނު ސަބަބު ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. ގުރައިޝް ވަންހައިގެ މީހުން ޔަހޫދީންގެ އަޙްބާރުން (ޔަހޫދީންގެ ޢިލްމުވެރިން)ގެ ގާތަށް އައްނަޟްރު ބިން އަލްޙާރިޘް އާއި، ޢުގްބާ ބިން އަބީ މުޢީޠު ފޮނުވިއެވެ. ޔަހޫދީންގެ އަޙްބާރުންގެ ގާތަށް ފޮނުވި ބޭނުމަކީ އެބައިމީހުންނަކީ ފޮތުގެ އަހްލުވެރިން ކަމަށްވީތީވެއެވެ. މި މީހުންނަށް އަމުރުކޮށްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީ ކަމާއި ގުޅޭ ގޮތުންނާއި، އެކަލޭގެފާނުގެ ތެދުވެރި ކަމާއި ގުޅޭ ގޮތުން ޔަހޫދީ އަޙްބާރުންނާއި ސުވާލު ކުރުމަށެވެ. ޔަހޫދީ އަޙްބާރުން އެމީހުންނަށް ދިން ޖަވާބަކީ މައްކާ އަށް އެނބުރި ގޮސް މުޙައްމަދުގެ ފާނުގެ ކިބައިން ތިން ސުވާލެއް ކުރުމަށެވެ. އެސުވާލުތަކަށް ޖަވާބު ދެއްވައިފިނަމަ އެއީ ތެދުވެރި ނަބިއްޔެކެވެ. ޖަވާބު ނުދެވިއްޖެނަމަ އެއީ ނަބީ ކަމަށް ދަޢްވާކޮށްގެން އުޅޭ ދޮގުވެރިޔެކެވެ. އެމީހުން ކުރަން ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ކަޙްފު ބައިގައިގެ މީހުންގެ ވާހައިން ސުވާލު ކުރުމަށް ހުށަހެޅި އެވެ. ކޮންމެއަކަސް އެބައިމީހުން އެނބުރި މައްކާ އަށް ގޮސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް (އިންޝާﷲ) އޭ ބުނަން އެކަލޭގެފާނު ހަނދުމަފުޅު ނެތެވެ. އެކަމާއި ގުޅިގެން އެކަލޭގެފާނަށް ވަޙީ ބާވާލެއްވުން ލަސްވިއެވެ. އެހިނދުގައި މައްކާގެ މުޝްރިކުން ހީކުރީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ނަބީ ކަމަށް ދަޢްވާކުރާ ދޮގުވެރިޔެއް ކަމަށެވެ. މިކަމާއި ގުޅިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ. މިހެން އުޅުއްވަނިކޮށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރި ކުރައްވާ އެސުވާލުތަކުގެ ޖަވާބު ބާވާލެއްވުނެވެ. އަދި ﷲގެ މަޝީއަތާއި ގުޅުވައިގެން މެނުވީ އެއްވެސް އެއްޗެއް ވިދާޅު ނުވުމަށް އަމުރު ކުރެއްވިއެވެ. (وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤  ) މާނައަކީ: "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!" 

(ނުނިމޭ)



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.