Outreach news - outreach.mv

ރިސޯޓުތަކުގެ މަރާމާތުގެ މުއްދަތު ތިން އަހަރަށް އިތުރުކޮށް ކުލި ފަސްކުރުމުގެ ފުރުޞަތު ދީފި

އެންމެ ފަސް

ރިސޯޓުތައް މަރާމާތަށް ބަންދުކުރާނަމަ، ކުލި ދެއްކުން ފަސްކޮށްފައިވާ މުއްދަތު ތިން އަހަރަށް އިތުރުކޮށްދިނުމަށް ޓުއަރިޒަމް މިނިސްޓްރީން މިއަދު ނިންމައިފިއެވެ. 

މި ނިންމުން ނިންމާފައިވަނީ 'ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' އަށް މިއަދު ގެނެވުނު ތިންވަނަ އިސްލާހުގައެވެ. މި އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މި ގަވާއިދުގެ ދަށުން ހިނގަމުންދާ ރިސޯޓެއްގެ ފެންވަރު މަތިކުރުމަށްޓަކައި ރީޑެވެލޮޕްމަންޓް މުއްދަތުގެ ގޮތުގައި މުޅި ރިސޯޓް އެކީގައި ބަންދުކުރާނަމަ، އެ މުއްދަތުގެ ކުލި ދެއްކުން ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. މި ގަވާއިދު 2022 ގެ ޑިސެމްބަރުގައި އެންމެ ފުރަތަމަ ގެޒެޓްކުރިއިރު، ރީޑެވެލޮޕްމަންޓަށް ތަނެއް ބަންދުކުރުމަށް ހުއްދަ ދެވެނީ ފުރަތަމަ ގިނަވެގެން 18 މަސްދުވަހަށް ނުވަތަ ދެ އަހަރުގެ މުއްދަތަކަށެވެ. އަދި %50 މަސައްކަތް ފުރިހަމަކޮށްފައިވާނަމަ، އިތުރު އެއް އަހަރަށް މުއްދަތު ދިގުކުރުމުގެ ފުރުޞަތު ލިބެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 8 ގައި ގަވާއިދަށް ގެނައި އިސްލާހާއެކު އޭރު ބަންދުކޮށްފައި ހުރި ތަންތަނަށް އިތުރު އެއް އަހަރު ލިބޭ ގޮތަށް ހެދި ނަމަވެސް، އަލަށް މިފަދަ މުއްދަތެއް ދޭއިރު އޮންނަނީ ގިނަވެގެން ދެ އަހަރު ދޭ ގޮތަށެވެ. އެހެންނަމަވެސް، ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން 18 މަސްދުވަސް ނުވަތަ އެއް އަހަރާއި ބައިގެ ބަދަލުގައި މިހާރު އޮތީ، ގިނަވެގެން 36 މަސްދުވަސް ނުވަތަ ތިން އަހަރުގެ މުއްދަތަކަށް ކުލި ފަސްވާ ގޮތަށެވެ.

މީގެ އިތުރުން، މުޅި ރިސޯޓް އެކީގައި ތަޅާލައި އަލުން ތަރައްޤީކުރާނަމަ، ގިނަވެގެން 42 މަސް ނުވަތަ ތިން އަހަރާއި ބައިގެ މުއްދަތަކަށް ކުލި ފަސްވާ ގޮތަށް ހުއްދަ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ދީފައިވެއެވެ. މި އިސްލާހާއެކު، އަލަށް ހަދާ ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށްވެސް ލުއިތަކެއް ދީފައިވެއެވެ.

ކޮމެންޓު

ހަބަރާއި ގުޅޭ