Outreach news - outreach.mv

މެލޭޝިއާގެ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުން ދިވެހި ދަރިވަރަކަށް 3 ވަނަ

އެންމެ ފަސް

މެލޭޝިއާގައި ބޭއްވުނު 64 ވަނަ "މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 1446/2024" ގައި ރާއްޖެ ތަމްސީލުކުރި ދަރިވަރު ފާޠިމަތު ޝާޔާ ޒާހިރު ވަނީ 3 ވަނަ ހޯދާފިއެވެ.

އޮކްޓޯބަރު 5 އިން 11 އަށް ބޭއްވުނު މި މުބާރާތުގެ ރިސައިޓަލް ކެޓަގަރީގައި ވާދަކުރި ޝާޔާއަކީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 ދަރިވަރެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށާއި، ޝާޔާއާއި އާއިލާއަށް ތަހުނިޔާ އާއި ހެޔޮ ދުޢާ ރައްދުކުރައްވާ ކަމަށެވެ.

ސަރުކާރުން ދަނީ ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި ދީނީ ކަންކަމަށް ޝައުޤުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޒުވާން ޚަތީބުން އުފެއްދުމާއި ޤުރުއާން މުބާރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ކޮމެންޓު

ހަބަރާއި ގުޅޭ