މަރުމަރާ ކަނޑުގެ ބޮޑު ސަރަހައްދެއް ސާފުކޮށްލައިފި

ބުދަ 16 ޖޫން 2021

މަރުމަރާ ކަނޑުގެ އައްސޭރިފަށުން ބޮޑު ބައެއް ސާފުކޮށްލައިފިއެވެ. ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑުގައި އަލްގޭ އުފެދޭ މިންވަރު އިތިރުވެ މަރުމަރާ ކަނޑުގެ ތުރުކީގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ވަނީ ތަޣައްޔަރުވެފައެވެ.

Advertisement


ފާއިތުވި ހަތްދުވަހުގެ ތެރޭގައި، ތުރުކީން ވަނީ މަރުމަރާ ކަނޑުގެ އައްސޭރިން، 2،684 ކިއުބިކް މީޓަރުގެ ބޮޑު ސަރަހައްދަކުން، ސީސްނޮޓް ނަގައި ސާފުކޮށްފައެވެ.

މަރުމަރާ ކަނޑުގެ އޭރިއަލް ފޮޓޯތަކުން ފެންނަ ގޮތުގައި އެކަނޑުގައި ވަރަށް ގިނަ އަދަދަކަށް ސީ ސްނޮޓް ވަނީ އުފެދިފައެވެ. އަދި އެކަމުގެ ސަބަބުން މަރުމަރާ ކަނޑުގައި ދިރިއުޅޭ އެތައް ބާވަތެއްގެ މަސްމަހާ މެއްސެއް ދަނީ މަރުވަމުންނެވެ. ގިނައަދަދަސް ސީ ސްނޮޓް އުފެދި ފެތުރުމުން، އެސަރަހައްދެއްގެ ކަނޑުގެ ލޮނުގަނޑުގެ އަޑިއަށް އިރުގެ އަލިކަމެއް ނުފޯރައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.