ރާއްޖޭގައި ހުޅުވި ކޯ ވޯކް ސްޕޭސް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ބީ.ސީ.ސީން ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ކޯ ވޯކް ސްޕޭސް'އެއް ހުޅުވައިފި

ހުކުރު 09 ޖުލައި 2021 | ހަމްޒާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އުފައްދަވާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ކޯ ވޯކް ސްޕޭސް'އެއް ހުޅުވައިފިއެވެ.

Advertisement


'ސީޑް ބައި ބީސީސީ' ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާޢީލެވެ.

ބީ.ސީ.ސީން ބުނީ، 'ސީޑް ބައި ބީ.ސީ.ސީ'ގެ ނަން ދީފައިވާ މިތަން ފަރުމާކޮށްފައިވަނީ، އެކިއެކި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއެކު އެކުވެރި މާހައުލެއްގައި މަސައްކަތްކުރެވޭނެ ގޮތަކަށް ކަމަށެވެ. މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންގެ އިސްނެންގެވުމަކަށް ޔޫ.އެން.ޑީ.ޕީއާއި ޖަޕާން ސަރުކާރުގެ އެހީގައި ޤާއިމްކޮށްފައިވާ ތަނެކެވެ.

ސީޑްސް ކޯ-ވޯކްސްޕޭސްގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެތަން ބޫކް ކުރުމުގެ ޚިދުމަތް އޮންލައިންކޮށް ސީޑްސްގެ ވެބްސައިޓުން ލިބޭނެ ކަމަށާއި، މިތަނުގައި އެއްފަހަރާ 30 މީހުންނަށް މަސައްކަތް ކުރެވޭނެ ކަމަށް ބީ.ސީ.ސީން ބުނެއެވެ. އަދި އެތަނުން އިންޓަރނެޓްގެ ޚިދުމަތާއި، ޕްރިންޓް ކުރުމާއި ސްކޭން ކުރުންފަދަ ޚިދުމަތްވެސް ލިބޭނެއެވެ.

އެތަނުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ގަޑިއިރަކަށް، ހަފްތާއަކަށް ނުވަތަ މަހު ފީ ދައްކައިގެންވެސް ބުކް ކުރެވޭނެ ކަަމަށާއި، ވަކިވަކި މީޓިންގތަކާއި އެކި މަސައްކަތްކޮށްލުމަށް އެންމެ އެކަށޭނެ ގޮތައް ފަރުމާކޮށްފައިވާ މިތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެޔޮ އަގުތަކެއްގައި ކަމަށްވެސް ބީ.ސީ.ސީން މައުލޫމާތުދެއެވެ. އެހެންކަމުން މިއީ ވަކި އޮފީހެއް ނެތި މަސައްކަތްކުރާ ފަރާތްތަކަށް ހިތްގައިމު މާހައުލެއްގައި މަސައްކަތް ކޮށްލުމަށާއި އެކި ބައްދަލުވުންތައް ބޭއްވުމަށް ލިބިގެންދާނެ ފަހި ފުރުޞަތެއްކަންވެސް ބީ.ސީ.ސީން ފާހަގަކުރެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.