ބީ.އެމް.އެލް ހުންނަ އިމާރާތް

ޢީދު ބަންދުގައި ބީ.އެމް.އެލް ހުޅުވާނީ، މިމަހުގެ 21 އަދި 27 ގައި

ބުދަ 14 ޖުލައި 2021 | ހަމްޒާ

ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

Advertisement


ބީއެމްއެލުން ބުނީ، މި ދެ ދުވަހު ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ޗެކުތައް ޕްރޮސެސްކުރުމަށް އެ ދެ ދުވަހު ހެނދުނު 11:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން އެބޭންކުގެ ޗެކް ޕްރޮސެސް ކުރުމާއި، ލޯކަލް ބޭންކް ޓްރާންސްފަރ އަދި ޕޭ ރޯލްގެ ހިދުމަތްތަކަށް މެންދުރު 12:00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކުތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބޭންކުގެ ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ.

ބީއެމްއެލުން ބުނީ، ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށެވެ.

އަދި އެޕޮއިންޓްމަންޓު މެދުވެރިކޮށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ކަމަށްވެސް އެބޭންކުން ބުނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.