ހުޅުމާލެ ވިޔަފާރި ބަނދަރު ސަރަހައްދު. ފޮޓޯ:އެމް.ޕީ.އެލް

ޖޫން މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ %59 އިތުރުވެއްޖެ

ބުދަ 28 ޖުލައި 2021 | ހަމްޒާ

ފާއިތުވި ޖޫން މަހު ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ 59 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

Advertisement


ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އިމްޕޯޓް، އެކްސްޕޯޓުން ދައުލަތަށް ލިބުނީ. 156 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މިއަހަރުގެ ޖޫންމަހު މިއަދަދުވަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޖޫންމަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީ.އައި.އެފް އަގުވަނީ، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ ޖޫންމަހު މިއަދަދުވަނީ 3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ، އޮމާން، ޗައިނާ އަދި ސިންގަޕޫރުންނެވެ. އެގޮތުން އޮމާނުން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، ޗައިނާއިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 354 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެއެވެ.

މުދާ ބޭރުކުރި ގޮތުގެ ތަފާސްހިސާބަަށް ބަލާލާއިރު، ފާއިތުވި ޖޫންމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދުވަނީ 3 އިންސައްތައަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އެފްއޯބީ އަގު 221 މިލިއަން ރުފިޔާގައި ހުރިއިރު، މިއަހަރު މިއަދަދުވަނީ، 228 މިލިއަނަށް އިތުރުވެފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރީ ތައިލެންޑު، ޖަޕާން، ޖަރުމަނުވިލާތް، އިނގިރޭސިވިލާތުގެ އިތުރުން ސްވިޒަލޭންޑަށެވެ. ކަސްޓަމްސްއިން ބުނީ، ޖޫންމަހު ރޯޔަލްޓީގެ ގޮތުގައިވެސް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.