އެއާއިންޑިއާގެ ސީދާ ދަތުރުތައް މާލެ އާއި މުމްބާއީ އާއި ދެމެދު ފެށުން - ފޮޓޯ: އެމްއޭސީއެލް

މުމްބާއީ އާއި މާލެ އާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

ބުރާސްފަތި 29 ޖުލައި 2021 | މޫސަ

އިންޑިއާގެ މުމްބާއީ އާއި މާލެ އާއި ދެމެދު އެއާ އިންޑިއާއިން ސީދާ ދަތުރުތައް ފަށައިފިއެވެ.

Advertisement


މިގޮތުން އެއާއިންޑިއާ އިން މުމްބާއީ އާއި މާލެ އާއި ދެމެދު ބާއްވާ ދަތުރުތައް ފަށާފައި ވަނީ ބުދަ ދުވަހުގައެވެ.

އެއާ އިންޑިއާއިން ހާމަކޮށްފައިވާ ގޮތުގައި އެ އެއާލައިނުން މާލެ އާއި މުމްބާއީ އާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. މިދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ.

އެއާ އިންޑިއާން މުމްބާއީ އާއި މާލެ އާއި ދެމެދު ސީދާ ދަތުރުތައް ފެށުން ފާހަގަކުރުމަސް ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި އިވެންޓެއްވެސް ބާއްވާފައި ވެއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް އޮތީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވެ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލުމުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔައީ އިންޑިއާއިންނެވެ. އެހެންނަމަވެސް އެޤައުމުން ފެނުނު ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑުވެ ބޯޑަރު ބަންދުކުރުމަށްފަހުގައި އަލުން، ހުޅުވާލާފައި ވަނީ މިދިޔަ ހަފްތާގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.