މިއަހަރު 1.3 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އުއްމީދުކުރޭ: ފޮޓޯ-ޓޫރިޒަމް މިނިސްޓްރީ

އެއް މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާޞިލްވެވޭނެ- ޓޫރިޒަމް މިނިސްޓަރ

ބުރާސްފަތި 05 އޮގަސްޓް 2021 | އައުޓްރީޗް

މިއަހަރު ރާއްޖެއަށް އެއްމިލިއަން ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒަށް ވާޞިލްވާނެކަމުގެ ވަރަށްބޮޑު ޔަޤިންކަމެއް އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ "ފަލަ ޞުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓް ފޮތުގައި އޮތީ އެއް މިލިއަން ފަތުރުވެރިން އައުމުގެ އަމާޒުކަމަށާއި، ބަޖެޓް ފޮތުގެ ނަމްބަރު ހާޞިލްވާނެކަމުގެ ވަރަށްބޮޑު ޔަޤީންކަން އެބައޮތްކަމަށެވެ.

Advertisement


މިނިސްޓަރ ވިދާޅުވީ ކަންކަން ބަދަލުވަމުން ދިޔަނަމަވެސް އަމާޒަށް ވާޞިލްވެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަށް ތައުރީފްކުރައްވަމުން ވިދާޅުވީ، އެބޭފުޅުންނަކީ ވަރަށް ތަނަވަސް ވިސްނުމެއް ގެންގުޅުއްވާ، ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ، ވަރަށް އަޒުމާއެކު މަސައްކަތްކުރައްވާ ބައެއް ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ޓީމާއި، އެމް.އެމް.ޕީ.އާރު.ސީގެ ޓީމާ ހިތްވަރާއެކު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. މިއަހަރު ޖެހި ހިސާބުގައި އުއްމީދީ އަދަދަކީ 1.5 މިލިއަން ކަމަށާއި، އެއަދަދުން ދެ ލައްކަ މިހާރު އުނިކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ދެ ލައްކަ ކަނޑާލައިފިން. މިއަހަރު ނިމޭއިރު އިރާދަކުރެއްވިޔާ 1.3 މިލިއަން ފަތުރުވެރިން އަންނާނެކަމުގެ އުއްމީދުގައި މިހާރު އަޅުގަނޑުމެން މިތިބީ. އިންޑަސްޓްރީން އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުގެ އަލީގައި އިރާދަކުރެއްވިއްޔާ އެކަން ހާޞިލްވާނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް.

މިނިސްޓަރ ޔަޤީންކަމާއެކު ވިދާޅުވީ މިހާރު މިދާގޮތަށް ދާނަމަ 1.3 މިލިއަން ފަތުރުވެރިން ފަސޭހަކަމާއެކު ގެނެވޭނެކަމަށެވެ. 






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.