އެމްޑީޕގެ އިސް ލީޑަރު ތިމަރަފުށި މެންބަރުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-މަބްރޫކް ޓްވީޓަރ

"އިސް ލީޑަރުގެ ހައިޞިއްޔަތުން" އެމްޑީޕީ މެންބަރުންނާ ރައީސް ބައްދަލުކުރައްވަނީ!

ބުދަ 18 އޮގަސްޓް 2021 | އައުޓްރީޗް

"އިސް ލީޑަރުގެ ހައިޞިއްޔަތުން" އެމްޑީޕީގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބައްދަލުކުރައްވަން ފައްޓަވައިފިއެވެ. ތ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާން ވަނީ ތިމަރަފުށީގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

Advertisement


ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން، އަމިއްލަ ޓްވީޓަރ އެކައުންޓުން ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިސް ލީޑަރުގެ ހައިޞިއްތުން ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ކަމަށެވެ. އެބައްދަލުކުރެއްވުމުގައި އެމްޑީޕީގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން އެމްޑީޕީ ހަލާކުވިޔަ ނުދެއްވާނެކަމުގެ ޔަޤީންކަން ދެއްވިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ޕާޓީ ކުރިއެރުވުމުގެ ހަރަކާތް އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ، ޕާޓީ އޮފީސް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދެއްވާ މަބްރޫކް ވިދާޅުވިއެވެ.

ސްޕޯކްސް ޕާސަންގެ ޓްވީޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ތިމަރަފުށީ ކައުންސިލްގެ ރައީސްއާ ހަވާލާ ދެއްވާ މަބުރޫކް ވިދާޅުވެފައިވަނީ "ރައީސް ތިކުރައްވާ މަސައްކަތަށް އައްސަރިބަހާއި، ސާބަސް. އަޅުގަނޑުމެން މިތިބީ ރައީސްގެ ފަހަތުގައި" ކަމަށެވެ.

އިސްލީޑަރުގެ ހައިޞިްޔަތުން ރައީސުލްޖުމްހޫރިއްޔާ ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވަން މިފެއްޓެވީ ޕާޓީ ތެރޭގައި ދެފެކްޝަން އުފެދި، ހިޔާލުތަފާތުވުންތައް ބޮޑުވެފައި ވަނިކޮށެވެ. އަދި ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފައި ވަނިކޮށެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އެމަނިކުފާނަށްވެސް ބަންދު ނުވާކަމަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.