
ބަރުލަމާނީ ޕެޓިޝަންގައި މިހާތަނަށް ސޮއިކުރެއްވީ ރައީސް ނަޝީދަށް ފާޅުގައި ތާއީދުކުރައްވާ މެންބަރުން!
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ބާރު އެޅުމުގެ ގޮތުން ހުށަހަޅަން ތައްޔާރުކުރާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މިހާތަނަށް ސޮއިކުރެއްވީ ރައީސް ނަޝީދަށް ފާޅުގައި ތާއީދުކުރައްވާ މެންބަރުންނެވެ.

މިހާތަނަށް އެޕެޓިޝަންގައި 13 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. އެ 13 މެންބަރުންނަކީވެސް ފެށުނީއްސުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ. ރައީސް ނަޝީދުގެ އެއްވެސް ހުށަހެޅުމަކާ އަދި ވިސްނުންފުޅަކާ ފުށުއަރާގޮތަށްވެސް މަޖިލީހުގެ ތަޅުމުގައިވެސް ވާހަކަދައްކަވާފައިނުވާ މެންބަރުންނެވެ.
ޕެޓިޝަންގައ ސޮއިކުރެއްވި މަޖިލިސް މެންބަރުންނަކީ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބުދުالله، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، ހެންވޭރު އުތުރުދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ވިލުފުށި ދާއިރާގެ މެންބަރު ހުސެއިން އަފީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ނަސީމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، އަދި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބުދުالله ޝަފީޤެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފައިވަނީ އެޕެޓިޝަންގައި ސޮއިނުކުރައްވާނެކަމަށެވެ. އެޕާޓީގެ މެންބަރުންނަށްވެސް ސޮއިނުކުރަން ކޯލިޝަނުން ވަނީ ގޮވާލާފައެވެ. ޖުމްހޫރީ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ތާއީދުކުރަނީ ރިޔާސީ ނިޒާމަށްކަމަށެވެ.