މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ

ފޮތްތަކުގެ މައްސަލާގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: އެޑިއުކޭޝަން މިނިސްޓަރ

ހޯމަ 06 ސެޕްޓެމްބަރ 2021 | އުލާ

ބައެއް ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރި މައްސަލާގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Advertisement


އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ބައެއް ފޮތްތަކުގައި މައްސަލަ ފާހަގަވި ހިސާބުން އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން ފަށަފައިވާ ކަމަށެވެ.

އެގޮތުން ދަރިވަރުންގެ އަތުން ފޮތްތައް ނަގައި، މައްސަލަ ހުރި ފޮތްތަކުގެ ސޫރަތްތައް ރަނގަޅު ކުރުމަށް ހުރިހާ ސްކޫލްތަކަށް އަނގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަގުތީ ހައްލެއްގެ ގޮތުގައި އެ ސޫރަތްތަކުގެ ރަނގަޅުގޮތުގެ ކޮޕީއެއް ފޮތްތަކުގައި ތަތްކުރުމަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޤަބޫލުކުރަން ފޮތުގައި ކުށް ހުރެގެން ނުވާނެކަމަށް. އިޙުމާލު އެބައޮތް. ވަކި މީހެއްގެ ބޮލުގަ އަޅުވާކަށްނޫން. އެކަމަކު މިއީ ރިވިއުކޮށް ޕްރޫފް ރީޑްކޮށް ފާސްކޮށް ނެރެފަހުރި ފޮތްވީމަ، ހަމަ އިޙުމާލު އެބައޮތް. އެކަން ރަނގަޅުކުރުމަށް މިމަސައްކަތް ކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.


އިސްލާމް އަދި ޤުރުއާން ފޮތަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، އިސްލާމިކް މިނިސްޓްރީއިން ފާސްކުރުމަށްފަހު ޕްރިންޓް ކޮށްފައިވާ ފޮތްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން 4 ފޮތެއްގައި މި ފަދަ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތައް އަލުން ރިވިއު ކުރުމުގެ މަސައްކަތް މިނިވަން ފަންނީ ކޮމިޓީއަކާ ހަވާލުކޮށް، މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.