އަލީ ވަހީދު

ރައީސް ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ: އަލީ ވަހީދު

އާދީއްތަ 12 ސެޕްޓެމްބަރ 2021 | އުލާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement


އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން އަލީ ވަހީދު މިއަދު ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅުވައިގެން ކުރެވޭނެ އެއްވެސް ދައުވާއެއް އޮތް ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުޤީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން އެމަނިކުފާނަށް ދައުވާ ކުރެވެން ނެތުމުން ކަމަށް އަލީ ވަހީދު ޓްވީޓްގައި ވިދާޅުވިއެވެ.

"ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނަން.އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވާނަން.އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން." އަލީ ވަހީދު ވިދާޅުވިއެވެ.


މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓް ފެށެނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި ހަމައިންކަމަށެވެ. އަދި ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނުކުތް މީހުން ނޯޅޭކަމަށްވެސް އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

" ސައްޙަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ." އަލީ ވަހީދު ވިދާޅުވިއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންގޮތަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އަދި ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެޑައިގެންފައިނުވާއިރު، އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ހިލާފުވެގެން އެޤައުމުގެ ފުލުހުން ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އަލީ ވަހީދު ހައްޔަރު ކޮށްފައެވެ.

މީގެއިތުރުން ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް ވަނީ ކޮށްފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.