ސަލާ ޕްރިމިއަރ ލީގުގައި 100 ވަނަ ގޯލް ޖެހުމަށްފަހު: ފޮޓޯ-ޕްރިމިއަރ ލީގު

ލިވަޕޫލަށް މޮޅަކާއެކު ބޮޑު ދެރައެއް

އާދީއްތަ 12 ސެޕްޓެމްބަރ 2021 | އައުޓްރީޗް

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލަށް މިރޭ ލީޑްސް ޔުނައިޓެޑް އަތުން މޮޅެއް ލިބުނަސް، އެއަށްވުރެ ބޮޑު ދެރައެއް ލިބިއްޖެއެވެ. 3-0 ން ލިވަޕޫލް މެޗު ކާމިޔާބުކުރި ނަމަވެސް ޓީމަށް ލިބުނު ދެރައަކީ ޒުވާން ކުޅުންތެރިޔާ ހާވޭ އެލިއޮޓަށް ސީރިއަސް އަނިޔާއެއްވެ، ކުޅުމާ ދުރަށްދާން ޖެހުމެވެ. އޭނާއަށް އަނިޔާވީ ލީޑްގެ ޑިފެންޑަރު ޕަސްކަލް ސްޓްރަޖް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ. އެފައުލަށް ޕަސްކަލްއަށް ވަނީ 60 ވަނަ މިނިޓްގައި ސީދާ ރަތްކާޑެއް ދައްކާފައެވެ.

Advertisement


ލީޑްސްގެ އެއް ކުޅުންތެރިއަކު މަދުވިއިރު ލިވަޕޫލުން ވަނީ ދެގޯލް ޖަހާފައެވެ. ފުރަތަމަ ގޯލް 20 ވަނަ މިނިޓްގައި ޖެހީ ސަލާހެވެ. މިއީ ޕްރިމިއަރ ލީގުގައި ސަލާގެ 100 ވަނަ ގޯލެވެ. ދެވަނަ ގޯލް ފަބީނިއޯ ޖެހީ 50 ވަނަ މިނިޓްގައެވެ. ލިވަޕޫލްގެ ތިންވަނަ ގޯލް މާނޭ ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. މިމޮޅާއެކު ލިވަޕޫލްވެސް ވަނީ ތާވަލްގެ ކުރީގައި އޮތް ޗެލްސީއާއި، މެންޗެސްޓަރ ޔުނައިޓެޑާ އެއް އަދަދަކަށް ޕޮއިންޓް ހޯދާފައެވެ. ތިން ޓީމަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ހަތަރު ވަނާގައި އޮތް މެންޗެސްޓަރ ސިޓީއާއި، ފަސް ވަނާގައި އޮތް ބްރައިޓަންއާއި، ހަވަނާގައި އޮތް ޓޮޓެންހަމްއަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.


ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.