ކަމަވިންގާ ރެއާލްއަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލްޖެހުމަށްފަހު: ފޮޓޯ-ލަލީގާ

ކަމަވިންގާ ފުރަތަމަ މެޗުގައިވެސް ގޯލް ޖަހައިފި، ބެންޒިމާ ހެޓްރިކް ހެދި

ހޯމަ 13 ސެޕްޓެމްބަރ 2021 | އައުޓްރީޗް

560 ދުވަހުގެ ތެރޭގައި ރެއާލްމެޑްރިޑްގެ ރަސްމީ ސްޓޭޑިއަމް "ސެންޓިއާގޯ ބެރުނެބުއޭ" ގައި ކުޅުނު މެޗުގައި ކަރިމް ބެންޒިމާގެ ހެޓްރިކާއެކު ރެއާލް މެޑްރިޑުން މޮޅެއް ހޯދައިފިއެވެ. މެޗު ރެއާލް ކާމިޔާބުކުރިއިރު އެޓީމާ ދާދިފަހުން ގުޅުނު ފްރާންސްގެ ކަމަވިންގާވެސް ލަނޑު ޖެހިއެވެ.

Advertisement


ރޭގެ މެޗަކީ ފްރާންސްގެ ރެނެސް އިން ރެއާލްއާ ގުޅުނު ޒުވާން ކަމަވިންގާ ރެއާލްގެ ޖަރޒީގައި ކުޅުނު ފޔރަތަމަ މެޗެވެ. ސެލްތަވީގޯއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް ކާމިޔާބުކުރީ 5-2 ނެވެ. މެޗުގައި ދެފަހަރެއްގެ މަތީން ސެލްތަވީގޯ ކުރި ހޯދިއެވެ. ބެންޒިމާ ހެޓްރިކް ހެދީ 24 ވަނަ މިނިޓާއި، 46 ވަނަ މިނިޓްގައި ޖެހި ދެ ލަނޑާއި، 87 ވަނަ މިނިޓްގައި ޖެހި ޕެނަލްޓީންނެވެ. މެޗުގައި ދެން ރެއާލްއަށް ލަނޑު ޖަހައިދިނީ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަރއެވެ. މެޗުގައި ކަމަވިންގާ ލަނޑު ޖެހީ ކުޅެން ނިކުއިންތާ 6 ވަނަ މިނިޓްގެ ތެރޭގައެވެ.

ސެލްތަވީގޯއިން މެޗުގައި ފުރަތަމަ ލީޑް ނެގީ 4 ވަނަ މިނިޓްގައި މިނާ ލޮރެންޒޯ ޖެހި ލަނޑުންނެވެ. ރެއާލްއިން އެއްވަރުކޮށްފައިވަނިކޮށް، 31 ވަނަ މިނިޓްގައި ކާވީގެ ލަނޑުންވެސް ލީޑް ނެގިއެވެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ރެއާލްއިން ކުރި ހޯދީއެވެ. 

މަރާމާތަށްފަހު ރެއާލްގެ ރަސްމީ ސްޓޭޑިއަމްގައި ރޭގެ މެޗު ކުޅުނީ މަސައްކަތުގައި ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް 30،000 މީހުން ސްޓޭޑިއަމްއަށް ވައްދައިގެންނެވެ. މިމޮޅާއެކު ރެއާލް ވަނީ ލަނޑުގެ ތަފާތުން ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ 10 ޕޮއިންޓާއެކުއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.