ހދ. ހަނިމާދޫ މަގުތައް

ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

އަންގާރަ 14 ސެޕްޓެމްބަރ 2021 | އުލާ

ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ 84 ޕަސެންޓް ނިންމާލައިފިއެވެ.

Advertisement


އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތުގެ 89 ޕަސެންޓާއި ސަބްގްރޭޑް މަސައްކަތްތަކުގެ 65 ޕަސެންޓާއި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 60 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ފައިމަގުގައި ހިނގޭ ގޮތަށް 16,518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38,916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 88.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.