ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ.ގެ ރިޔާސަތާ މިނިސްޓަރ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވަނީ

އަންގާރަ 14 ސެޕްޓެމްބަރ 2021 | އުލާ

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

Advertisement


ފޮރިން މިނިސްޓްރީއިން ބުނީ މިނިސްޓަރ ޝާހިދު ރިޔާސަތާއި ހަވާލުވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ޖަހާއިރު ކަމަށެވެ. އެއަށްފަހު އާންމު މަޖިލީހުގެ 76 ވަނަ ސެޝަން ފެށިގެންދާނެ ކަމަށާއި، ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާފައިވަނީ މިދިޔަ މަހުގެ 29 ވަނަދުވަހުއެވެ. 


އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގަންނަވާފައިވަނީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް ލިބިވަޑައިގަންނަވާފައިވަނީ 143 ވޯޓެވެ. 




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.