ފެންވަރުވާ ވަގުތު ފެނާ ކުޅެން ދިނުނަ---

ދަރިފުޅު ފެން ވަރަން ބޮޑާ ހާކަނީތަ؟

އަންގާރަ 14 ސެޕްޓެމްބަރ 2021 | ލަޒީނާ ޢަބްދުالله

އެންމެ ފުރަތަމަވެސް ހަނދާންކުރަންވީ ކަމަކީ ދަރިފުޅު ފެންވަރުވާ ވަގުތަކީ ހަމައެކަނި ދަރިފުޅު ސާފުތާހިރުކޮށްލުމަށް ހޭދަކުރާ ވަގުތުގެ ގޮތުގައި ނުދެކުމެވެ. އޭގެ ބަދަލުގައި އެއީ ދަރިފުޅާއެކު ވަގުތު ހޭދަކޮށްލަން ލިބޭ، އުފާވެރި ވަގުތުކޮޅެއްކަން ހަނދާންކުރާށެވެ. ދަރިފުޅާއެކު ހޭދަކޮށްލަން ލިބޭ ކޮލިޓީ ވަގުތުކޮޅަކަށް ހަދާށެވެ.

Advertisement


މަންމަ އިން ބުނަނީ ފެންވަރަން ބޮޑާ ހާކަން މެދުވެރިވާ އެއް ސަބަބަކީ ބަނޑުހައިވުމާއި، މާ ބޮޑަށް ވަރުބަލިވެ ނިދި އައުން ކަމަށެވެ.އޭގެ އިތުރުން ކަމަކާއި ގުޅިގެން ކުދިންގެ މޫޑު މާ ބޮޑަށް ގޯސްވެ ނުވަގަ އެހެން ކަމަކަށް މާބޮޑަށް ޝައުގުވެރިވެފައި ހުރުމުން އެކަމެއް ނުކޮށް ފެންވަރަން ބޭނުން ނުވާކަމަށެވެ.

ފެނުގެ ފިނި ހޫނުމިން

ބައެއް ކުދިން ފިނި ފެނުން ފެންވަރަން ބޭނުންވާއިރު، ބައެއް ކުދިން ބޭނުންވާނީ ހޫނުފެނުން ފެންވަރާށެވެ. އެހެން ކަމުން ފެންވެރުމުގެ ކުރިން ދަރިފުޅަށް ކަމުދަނީ ކޮން ކަހަލަ ފެނެއްތޯ ޔަގީންކުރާށޭވެ.

ވަގުތު ކަނޑައަޅާ

ފެންވެރުވުމަށްވެސް ހާއްސަ ވަގުތުތަކެއް ކަނޑައަޅާށެވެ. ނިދާ ހޭލުމުން އަދި ނިންދެވުމުގެ ކުރިން ފެންވަރުވާނަމަ، އަބަދުވެސް އެ ވަގުތުތަކުގައި ފެންވަރުވާށެވެ. އޭރުން ދަރިފުޅުވެސް އެ ވަގުތުތަކަށް ފެންވަރަން އާދަވާނެއެވެ.

އެކުގައި ފެންވެރުން

ދަރިފުޅު ފެންވަރުވާ ވަގުތު ދަރިފުޅާއެކި ފެންވެރުމުންވެސް ދަރިފުޅު ފެން ވަރާ ހިތުން ފެން ވަރާނެއެވެ. ނަމަވެސް ދަރިފުޅަކީ ކަންކަން އެނގޭ ވަރު ކުއްޖެއްނަމަ ހެދުމާއިއެކު ފެންވަރާށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.