ކޮވިޑުގެ ބަލި މީހަކު އެމްބިއުލާންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ކޮވިޑް 19 - މިއަދު ޕޮޒިޓިވްވި 120 މީހުންނާއެކު ޖުމްލަ އަދަދު 83 ހާހުން މައްޗަށް!

އަންގާރަ 14 ސެޕްޓެމްބަރ 2021 | ހަމްޒާ

މިއަދު ރާއްޖެއިން ކޮވިޑް 19 ވައިރަސްއަށް 120 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 83 ހާހުން މައްޗަށް އަރައިފިއެވެ.

Advertisement


ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ނެގި 4،729 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 20 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރަށްރަށުން ޕޮޒިޓިވްވި 66 މީހުންނާއި، މާލެ ސިޓީން ޕޮޒިޓިވްވި 48 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުންވެސް ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ، 83،070 އަށް އަރާފައެވެ. އޭގެތެރެއިން 80،949 މީހުންވަނީ ބަލިން ރަގަޅުވެފައެވެ. އަދި ހޮސްޕިޓަލްތަކުގައި ފަރުވާކުރާ 18 މީހުންނާއެކު މިހާރު ބައްޔަށް ފަރުވާކުރަނީ، 1،881 މީހުންނަށެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 227 މީހުންވަނީ މިބަލީގައި މަރުވެފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.