ލެވާންޑޯސްކީ ލަނޑަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ޗެމްޕިއަންސްލީގު ޓްވީޓަރ

ބޮޑު ދެބާރުގެ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކުރީ ބަޔާން މިއުނިކް

ބުދަ 15 ސެޕްޓެމްބަރ 2021 | އައުޓްރީޗް

ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެބާރުކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި، ޖަރުމަންގެ ބަޔާން މިއުނިކް ވާދަކުރި މެޗު ބޮޑު ތަފާތަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ. ބާސެލޯނާގެ ދަނޑުގައި ބަޔާންމިއުނިކް މެޗު ކާމިޔާބުކުރީ 3-0 ނެވެ.

Advertisement


މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ބަޔާންއަށް 34 ވަނަ މިނިޓްގައި ކުރި ހޯދަިދިނީ ތޯމަސް މުލާއެވެ. މިއީ މުލާ ކެރިއަރުގައި ބާސާކޮޅަށް ޖެހި 7 ވަނަ ގޯލެވެ. ޖަރުމަނުގެ ޗެމްޕިއަން ޓީމަށް ފަހު ދެ ލަނޑު ޖަހައިދިނީ ލެވާންޑޯސްކީއެވެ. އޭނާ ލަނޑު ޖެހީ 56 ވަނަ މިނިޓާއި 85 ވަނަ މިނިޓްގައެވެ. މިދެގޯލާއެކު ލެވާންޑޯސްކީ ޗެމްޕިއަންސްލީގުގައި ޖެހި ގޯލްގެ އަދަދު ވަނީ 75 އަށް އަރާފައެވެ. 

މެސީ ދޫކޮށް ދިޔަފަހުން ކުޅުނު ޗެމްޕިއަންސް ލީގު ފުރަތަމަ ބައްޔާއެކު ބާސާގެ މުޅި ތާރީޚުގައިވެސް ވަނީ އަމިއްލަ ދަނޑުގައި ވިދިވިދިގެން ޔޫރަޕްގެ ތިން މެޗުގައި ބަލިވެފައެވެ. މިގްރޫޕްގެ އަނެއް މެޗުގައި ޑައިނަމޯ ކިވްއާއި، ބެންފީކާ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ގްރޫޕްގެ އެއްވަނާގައި އޮތީ ބަޔާންއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.