ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: އެމް.އޭ.ސީ.އެލް

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގަނީ

ހޮނިހިރު 18 ސެޕްޓެމްބަރ 2021 | ހަމްޒާ

މިމަހުގެ 22 އިން ފެށިގެން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގާ ގޮތަށް ނިންމައިފިއެވެ.

Advertisement


ކަރަންޓީންވުމަކާއިނުލާ އިނގިރޭސިވިލާތަށް ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުކޮށްފައިވާކަން އެޤައުމުން ހާމަކޮށްފައިވަނީ އިއްޔެއެވެ. ރާއްޖެއާއިއެކު މިލިސްޓުން އިތުރު އަށް ޤައުމު ނަގާފައިވެއެވެ. އޭގެތެރޭގައި ކެންޔާ، އޮމާން، މިސްރު، ތުރުކީވިލާތް، ޕާކިސްތާން، ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ ހިމެނެއެވެ.

މިޤައުމުތައް އިގިރޭސިވިލާތުގެ ރެޑް ލިސްޓުން އުނިކުރާނީ، މި ފެށޭ ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.

މިލިސްޓުން އުނިކުރި ޤައުމުތަކަށް އިތުރު ލުއިތަކެއްވެސް ވަނީ ދީފައެވެ. އެގޮތުން ކަރަންޓިންނުވެ ދަތުރުކުރެވުމުގެ އިތުރުން ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ އެޤައުމަށް އެތެރެވާއިރު، ޕީސީއާރް ޓެސްޓް ހަދަންނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 4 އިން ފެށިގެންނެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ގްރީން ލިސްޓުން އުނިކޮށް، ރެޑް ލިސްޓަށް ރާއްޖެ ބަދަލުކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވަނީ ދަށްވެފައެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބަލާލާއިރު، މިއަހަރުގެ މިހާތަނަށް އެޤައުމުން 17،784 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.