ޔޫއެސް- ބަންގްލާގެ ފްލައިޓެއް

ބަންގްލަދޭޝްގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

އާދީއްތަ 19 ސެޕްޓެމްބަރ 2021 | އުލާ

ބަންގްލާދޭޝްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

Advertisement


ބަންގްލާދޭޝްގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހު ކަމަށެވެ. އަދި ދަތުރުތައް ފަށާއިރު ކޮންމެ ހަފްތާއަކު ހަތަރު ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫސްތަކުގައި ބުނެފައިވެއެވެ.

ބަންގްލާދޭޝް އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުތައް ފެށުމާއެކު، މި ދެޤައުމުގެ ދެމެދުގައި ދަތުރުކުރުމަށް ބޭނުންވެފައިވާ މީހުންނަށް ފަސޭހަ ދަތުރުތަކެއް ފަހިވެގެންދާނެ ކަމަށް ނޫސްތަކުގައި ބުނެއެވެ. އަދި މި ދަތުރުތަކާ އެކު، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

2014 ވަނަ އަހަރު ފަށާފައިވާ މި އެއާލައިނުން ސްރީ ލަންކާ އާއި ސައޫދީ އަށް ވެސް ދަތުރުތައް ފަށެމަށް ދަނީ ތައްޔާރުވަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.