ޓުއަރިޒަމް މިނިސްޓަރ ޑރ އަބުދުﷲ މައުސޫމް -- ފޮޓޯ: ޓުއަރިޒަމް މިނިސްޓަރީ

އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން އަންނާނެ: ޓޫރިޒަމް މިނިސްޓަރ

އާދީއްތަ 19 ސެޕްޓެމްބަރ 2021 | މޫސަ

ކުރިއަށް އޮތް 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2 މިލިޔަނަށް މަތިވާނެކަމަށް އަންދާޒާކުރެއްވޭ ކަމުގައި ޓުއަރިޒަމް މިނިސްޓަރ ޑރ އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Advertisement


މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަންނާނެކަމަށް އެމްއެމްއޭއިން އަންދާޒާކޮށްފައި ވަނީ 1.4 މިލިޔަން ފަތުރުވެރިން ނަމަވެސް އެމަނިކުފާނުގެ އަންދާޒާއަކީ، 2 މިލިއަން ކަމަށެވެ. އަދި ފަތުރުވެރިން 13.5 ބެޑްނައިޓްސް ރާއްޖޭގައި ހޭދަކުރާނެ ކަމުގައި މިނިސްޓަރ ލަފާކުރައްވާފައިވެއެވެ.

2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ރަންޔޫބީލް އަހަރުކަމަށް ވުމާއި އެކު މިސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސަރުކާރާއި ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ރާވާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރިޒޯޓެއް ހުޅުވައިގެން ފަތުރުވެރިންނަށް ޚިދުމަތްދޭން ފަށާފައިވަނީ 1972 ވަނަ އަހަރުގައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އައެވެ. އެހެންނަމަވެސް ބޯޑަރުތައް ހުޅުވާލި ފަހުން ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިއަހަރު ނިމޭއިރު، އެއްމިލިޔަން ޓޫރިސްޓުން ރާއްޖެއަށް އަނާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.