މޯލްޑިވިއަންގެ ފްލައިޓެއް

މާފަރުން ދިއްލީއަށް ސީދާ ދަތުރުތައް ފަށަނީ

ހޯމަ 20 ސެޕްޓެމްބަރ 2021 | އުލާ

ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ ދެމެދު ސީދާ ދަތުރުތައް މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

Advertisement


މޯލްޑިވިއަންއިން ބުނީ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި ހަފްތާއަކު 3 ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ މި ދަތުރުތައް ކުރާނީ ބުދަ، ހުކުރު އަދި އާދިއްތަ ދުވަހު ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަންއިން ބުނީ މާފަރާއި ނިއުދިއްލީއާއި ދެމެދު ދެކޮޅު ޓިކެޓު އުޅެނީ 285 ޑޮލަރަށް ކަމަށެވެ. އަދި ނިއުދިއްލީއާއި މާފަރާއި ދެމެދު ޓިކެޓު ވިއްކަންފަށާ އަގަކީ، 312 ޑޮލަރު ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މިދަތުރުތަކަކީ ކޮވިޑަށްފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ ބައިނަލް އަގުވާމީ އާ ރޫޓު ކަމަށްވެސް އެ އާލައިނުން ވަނީ ފާހަގަކޮށްފައެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.