ހުޅުމާލޭގެ ބަސްތައް. ފޮޓޯ: އެމް.ޕީ.އެލް

ހުޅުމާލޭގައި ބަހުގެ ޚިދުމަތްދޭ ދެ ރޫޓެއްގައި ދަތުރު ކާޑު ބޭނުންކުރަނީ

ބުރާސްފަތި 23 ސެޕްޓެމްބަރ 2021 | ހަމްޒާ

ހުޅުމާލޭގެ ދެ ސަރަހައްދަކުން ޢާންމު ބަހުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ކަރުދާސް ޓިކެޓްގެ ބަދަލުގައި ދަތުރު ކާޑު ބޭނުން ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

Advertisement


އެމްޓީސީސީން ބުނީ، މި ބަދަލު ގެނެސްފައިވަނީ ހުޅުމާލެ ނެއިބަރހުޑް ބަސް ރޫޓު އަދި ހުޅުމާލެ/ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ބަސް ރޫޓުން ކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސީ އެކުންފުނީގެ އާންމު ބަހުގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ލުއިފަސޭހައަށް ކަމަށެވެ. އެގޮތުން ދެ ރޫޓަކުން އާންމު ބަހުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން މިއަދުން ފެށިގެން ކަރުދާސް ޓިކެޓްގެ ބަދަލުގައި ދަތުރު ކާޑު ބޭނުން ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ، މިގޮތަށް ބަދަލުކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަަމަށެވެ. އަދި މިކަމަކީ އެތަށް ބަޔަކު ބޭނުންވާ ކަމެއް ކަމަށެވެ.

ދަތުރު ކާޑު ގަތުމާއި ޓޮޕްއަޕް ކުރުމުގެ ޚިދުމަތް އެމްޓީސީސީގެ ހުރިހާ ގިމަތަ ތަކުންނާއި، ފަހި ޕްލާޒާ (ދަތުރު ކާޑު އޭޖެންޓް) މެދުވެރިކޮށް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.  ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.