ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ.

ކޮވިޑް 19 - ރާއްޖެއިން މިއަދު 122 މީހުން ޕޮޒިޓިވްވި

ހޯމަ 27 ސެޕްޓެމްބަރ 2021 | ހަމްޒާ

ރާއްޖެއިން މިއަދު 122 މީހުންނަށް ކޮވިޑް 19 ވައިރަސް ޖެހިއްޖެއެވެ.

Advertisement


ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ނެގި 4،119 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 122 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރަށްރަށުން ޕޮޒިޓިވްވި 78 މީހުންނާއި، މާލެ ސަރަހައްދުން ޕޮޒިޓިވްވި 38 މީހުންގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި 4 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހުންނެވެ.

މިމީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ، 84،484 އަށް އަރާފައެވެ. އޭގެތެރެއިން 82،676 މީހުންވަނީ ބަލިން ރަގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާކުރަނީ، 1،564 މީހުންނަށެވެ. އޭގެތެރެއިން 16 މީހުންނަށް ފަރުވާކުރަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 231 މީހުންވަނީ މިބަލީގައި މަރުވެފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.