މާކަރާއި ހީލަތުން ފައިސާ ހޯދި ކުއްޖާ. ފޮޓޯ: ޕޮލިސް

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާތަކެއް ހޯދި އަންހެން ކުއްޖަކު ހޯދަނީ

ހޯމަ 27 ސެޕްޓެމްބަރ 2021 | ހަމްޒާ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ޒުވާން އަންހެން ކުއްޖަކު ހޯދަން ފަށައިފިއެވެ.

Advertisement


ފުލުހުން ބުނީ، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުން ދަނީ، އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށެވެ. ފުލުހުން ވަނީ، އެކުއްޖާގެ ވަނަވަރާއިއެކު ފޮޓޯއެއްވެސް އާއްމުކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ހޯދަމުން ދަނީ، ސ. މަރަދޫ / ޒީނިޔާމަންޒިލް، ހައްވާ ސައުޒާ (22އ) އެވެ.

ފުލުހުން ބުނީ، އޭނާ ހޯދަމުން ދަނީ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށެވެ. އަދި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ، އޭނާ ހާޒިރުކުރަނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް، މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.

އެހެންކަމުން މިމައްސަލާގެ ތަހުގީގަށް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 2:00 ގެ ކުރިން ފުލުހުންގެ މައި މަރުކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.