ހުޅުމާލެ ޕްރީސް ކޫލް -- ފޮޓޯ: އައުޓްރީޗް

ހުޅުމާލޭގައި އަލަށް ހުޅުވާ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފި

އަންގާރަ 28 ސެޕްޓެމްބަރ 2021 | މޫސަ

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

Advertisement


ޝައިޚް މުހައްމަދު ޤާސިމްގެ ނަން ދީފައިވާ މި ޕްރީސްކޫލު ހުޅުވުމަށް ހަމަޖައްސާފައިވަނީ ފެށ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގައި ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ބުނީ، އެޕްރީ ސްކޫލުގެ އެލްކޭޖީ އާއި ޔޫކޭޖީއަށް ކުދިން ވެއްދުމަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، ފޯމު މިނިސްޓްރީންނާއި ގެޒެޓުން ލިބެން ހުންނާނެ ކަމަށެވެ.

ދަރިވަރުންގެ ޔުނީފޯމުގެ ގޮތުގައި، މިހާރު ދަރިވަރު ހުރި ސްކޫލުގެ ޔުނީފޯމު ޑިސެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެ ކަމަށާއި، އަދި ބެލެނިވެރިން ބޭނުންނަމަ، ސްކޫލު ފެށޭއިރު ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވިދާނެ ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

ސްކޫލުގެ ދަންފަޅިތައް ހަމަޖެހިގެންދާނީ ގްރޭޑުތަކަށް ދަރިވަރުން ރަޖިސްޓްރީވާ ނިސްބަތަށް ބެލުމަށްފަހުގައި ކަމަށްވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ.

ހުޅުމާލެ ފޭސް 1 ގެ ނެއިބަހުޑް 2ގައި އޯޓިޒަމް ސެންޓަރާއި އިންވެގެން ޗަނބޭލީ މަގުގައި ހުންނަ އެޕްރީސްކޫލުގެ އިމާރާތަކީ 2018 ވަނަ އަހަރު މަސައްކަތް ނިންމައި އެޗްޑީސީ އާއި ހަވާލުކޮށްފައިވާ އިމާރާތެކެވެ. އެތަން 2018 ވަނަ އަހަރު ބޭނުން ކުރީ ރައީސް ޔާމީނުގެ ކެމްޕޭން ޖަގަހައެއްގެ ގޮތުގައެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް އެއިމާރާތް ބޭނުންކޮށްފައި ވަނީ، ފުލޫ ކުލިނިކަކާއި ވެކްސިން ސެންޓަރެއްގެ ގޮތުގައެވެ.

މިހާރު ހުޅުމާލޭގައި ހުންނަނީ ޕްރީސްކޫލު ދަރިވަރުންނަށް ޚާއްސަ އަމިއްލަ ދެޕްރީސްކޫލެވެ. އޭގެ އިތުރުން ސަރުކާރުގެ ސްކޫލުތަކުގައިވެސް އެލްކޭޖީ އާއި ޔޫކޭޖީ ގްރޭޑްތަކުގައި ކިޔަވައިދެއެވެ.

ސްކޫލަށް ކުދިން ވެއްދުމަށް ހުށައަޅަންޖެހޭ ފޯމް ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https:myoffice.moe.gov.mv/forms/id/2ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.