ޖާދު އާއި ޖޫނީ---

ޖޫނީގެ ހެދުން: ޖާދު ގެ ޖާދުލުން ކުރި ޖަރީ

އާދީއްތަ 03 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ސާފް ޗެމްޕިއަންޝިޕް 2021 ހުޅުވުމުގެ ގޮތުން ގަލޮޅު ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ މުބާރާތުގެ ތީމް ލަވަ ހުށަހަޅައިދިން ޖޫނީ ޖިނާހު ލައިގެން ހުރި ހެދުމަށެވެ. ދިވެހިވަންތަ ތީމަކަށް ބޭއްވި ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖޫނީ ފެނިގެންދިޔައީ ޒަމާނީ ދިވެހިވަންތަ ހެދުމެއްގައެވެ. ދިވެހިންގެ ތެރޭގައި އޭރުވެސް މިހާރުވެސް މަޝްހޫރު ލަވައެއް ކަމުގައިވާ "އޯވަޒަން" ޒަމާނީ މިއުޒިކާއިއެކު ޖޫނީ ހުށަހަޅައިދިންއިރު، އިތުރު ފުރިހަމަ ކަމެއް ގެނުވައިދިނީ ޖޫނީ ލައިގެން ހުރި ޒަމާނީ ދިވެހިވަންތަ ހެދުމުންނެވެ.

Advertisement


ލަވަ ހުށަހަޅައިދޭން ފެށިއިރު ޖޫނީ ފެނިގެންދިޔައީ ޒަމާނީ ކަސަބުން ޖަރީކޮށްފައިވާ ދިވެހިވަންތަ ހުދުކުލައިގެ ހެދުމެއްގައެވެ. ނަމަވެސް ލަވައިގެ މެދުތެރެއިން ފެނިގެންދިޔައީ ލަވައަށް ނަށަމުންދިޔަ ކުދިންތައް އެއްވެ ޖޫނީ ފޮރުވާލިތަނެވެ. ދެން ފެނިގެންދިޔައީ ކަސަބު އެޅި ދިވެހި ލިބާހުގެ ޒަމާނީ ރަތް ހެދުމެއްގައެވެ. ޖޫނީގެ ހެދުން ބަދަލުވެގެންދިޔަގޮތް ވަރަށްވެސް ފުރިހަމައެވެ. ހިތްގައިމުގެ އަޑުގެ ވެރިޔާ ޖޫނީގެ ރީތިކަން އިތުރުކޮށްދިން އެ ހެދުމަކީ މަޝްހޫރު ފެހުންތެރިޔާ އަދި ޑިޒައިނަރ ޖާދުﷲ އިސްމާއީލްގެ އަގުހުރި ބުރަ މަސައްކަތެވެ.

ސާފް ޗެމްޕިއަންޝިޕް 2021ގެ މި ތާރީޚީ މުނާސަބާގައި ބައިވެރިވުނީތީ ވަރަށް ފަހުރު ވެރިވޭ. ޖޫނީގެ ސަޤާފީ ޒަމާނީ ހެދުން ފަރުމާކޮށްލަން އަހަންނަށް ލިބުން މިއީ ލިބުނު ބޮޑު ޝަރަފެއް.“ ޖޫނީ އެ ހެދުން ލައިގެންހުރި ފޮޓޯތައް ހިއްސާކުރަމުން ޖާދު ބުންޏެވެ.

ޖޫނީ އަކީ ޖާދުގެ ރެގިއުލާ ކަސްޓަމަރެކެވެ. އިންޓަރސްކޫލް ލަވަ މުބާރާތާއި މަދަހަ މުބާރާތުން ފެށިގެން ތަފާތު އެކި ހަފްލާތަކަށްވެސް ޖާދު އަންނަނީ ޖޫނީއަށް ހެދުން ފަރުމާކޮށްދެމުންނެވެ. ޖޫނީގެ ހެދުންތައް ޑިޒައިން ކުރުމުގެ ކުރިން ޖާދު އަބަދުވެސް، އެ ހެދުމެއް ލާއިރު ޖޫނީ ކިޔަނީ ކޮން ލަވައެއް ނުވަތަ މަދަހައެއްތޯ ބަލައެވެ.

"އެ ލަވައެއް ނޫނީ އެ މަދަހަކާއި އެއްގޮތައް ޖޫނީގެ ހެދުންތައް ޑިޒައިންކޮށްފައި ހުންނާނީ. ވަރަށް އުފާވޭ އަސްލު މިކަލަ ބޮޑު ފުރުސަތެއް ލިބިގެން ދިއުމުން. އެއީ ޖޫނީގެ މަސައްކަތަކަށްވެފައި ޖާދު ހަމަ މަސައްކަތްކުރިން ޖާދުގެ ބެސްޓް ހަމަ ދައްކާލުމަށް ބޭނުންވީ. ދިވެހި ވަންތަ އެ ގޮތްގަނޑު ގެއްލުވާ ނުލައި މޮޑާން ދިވެހި ހެދުމެއް ހަނދާލުމަށް،"

ޖޫނީގެ މަންމަގެ އެއްބާރުލުން އަބަދުވެސް ލިބޭކަން ފާހަގަކޮށް ޝުކުރުވެރިކަމާއެކު ޖާދު ބުނީ މި ފަހަރުވެސް މި ފުރުސަތު ލިބިގެންދިޔައީ ޖޫނީގެ މަންމަ އަދި އަޒަލްގެ ސަބަބުންކަމަށެވެ. އާދައިގެ މަތިން މިފަހަރުވެސް ޖާދު ބެލީ ޖޫނީ ކިޔަނީ ކޮން ލަވައެއްތޯ ބެލިއެވެ. އެއަށްފަހު އެންމެ ފުރަތަމަ ޑިޒައިން ކުރަހާލައިފައި އެ ޑިޒައިން ޖޫނީގެ މަންމަމެންނަށް ކަމުދޭތޯ ބެލިއެވެ.

"އެރެއިން ރެއިން ފައިނަލް ކޮށްލާފައި ޖާދުއަށް ފޮނުވާލައިފި ހެދުން ކުރިއަށް ގެންދަން. ހެދުން ހަދާ ނިންމާލިތަނާ އަނެއްކާ އެކޮޅުން ބޭނުންވީ ލައިގެން ހުންނަ ހެދުމުގެ ބޭރުން އަނެއްކާވެސް އެ ހެދުން ކަވަރކޮށްލަން އިތުރު ހެދުމެއްގެ ގޮތުގައި އެއްޗެއް ހަދާލުމަށް. ހިތައް އެރީ ބޭރުންލާ ހެދުންވެސް ތަންކޮޅެއް ރީތިކޮށް ހުރެއްޖާ މީހުންނަށް އޭތި ފާހަގަކޮށްލެވޭނޭ. އެތެރެއިން ހެދުމެއް އިންކަން ނޭނގޭނޭ. އެހެންވެ ބޭނުންވީ ހުދު ހެދުން ތަފާތު ކޮށްލަން،" ޖާދު ކިޔައިދިނެވެ.

އެންމެ ހަތަރު ދުވަހުން ތައްޔާރުކުރި ދެ ހެދުމާއި ގުޅޭ ގޮތުންވެސް މިހާތަނަށް ލިބިފައި ހުރީ ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ކަމުން، ކުރެވުނު މަސައްކަތާއިމެދު ޖާދުހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންނެވެ. އަގަށްވުރެ ބަޔަކަށް ހިދުމަތެއް ކޮށްދެވޭތޯ އަބަދުވެސް ޖާދު ބަލައެވެ. މި ދެ ހެދުމުގެ ތެރެއިން ޖާދު އަގު ނެގީ ހަމައެކަނި ރަތް ހެދުމަށެވެ.

"ޖާދު ވަރަށް އިންޓަރެސްޓް ހުންނަ ކަމެއް އަބަދުވެސް މީ ދިވެހިވަންތަ އެކި އެކި ގޮތްގޮތައް ދިވެހިވަންތަ ގޮތްގަނޑު ގެއްލުވާނުލައި ދިވެހިވަންތަ ރީތި ޑިޒައިންތަކެއް ދައްކާލުން. އެ ގޮތުން މިފަހަރު މި ތައްޔާރުކޮށްލެވުނު ދެ ހެދުމާއިމެދުވެސް ވަރަށް ހިތްހަމަޖެހިފައި މިހުރީ. އަބަދުވެސް ކަމަށް ކަމޭ ހިތައިގެން، ކުރާ ކަމެއް ވީ އެންމެ ފުރިހަމައަށް ކުރެވޭތޯ ބަލަން، ވަރަށް ކާމިޔާބު މަސައްކަތެއް މީ،" ޖާދު ބުންޏެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.