އަންނައުނު ދޮވުމުގައިވެސް ބޭކިން ސޮޑާ ބޭނުން ކޮށްލެވޭނެ--

އަންނައުނު ދޮވުމުގައި ބޭކިން ސޮޑާ ބޭނުންކުރެވޭނެ ގޮތް

ހޯމަ 04 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ބޭކިންގ ސޮޑާއަކީ، އާންމުކޮށް ބަދިގެ ތެރޭގައި ގެންގުޅޭ އެއްޗެކެވެ. ބޭކިންގ ސޮޑާ އާއްމުކޮށް ބޭނުންކުރަނީ ކޭކާއި، ޕޭސްޓްރީގެ ބާވަތްތައް ހެދުމަށެވެ. ނަމަވެސް ބޭކިންގް ސޮޑާއަކީ، ކެއްކުމުގެ އިތުރުން ތަންތަނާއި، އެއްޗެހި ސާފުކޮށްލުމަށްވެސް އެއްވަނައިގެ އެއްޗެކެވެ. އެގޮތުން މި ހިމަނާލަނީ، އަންނައުނު ދޮވެލުމުގައި ބޭކިން ސޮޑާ ބޭނުންކުރެވިދާނެ ގޮތްތަކެވެ.

Advertisement


ނުބައިވަސް ފިލުވުން

ބެކްޓީރިއާއި، ގައިން ހިއްލާ ދަލާއި، ހަންގަނޑުގައި ހުންނަ ތެޔޮ އެކުވުމުގެ ސަބަބުން އަންނައުނުން ނުބައިވަސް ދުވާ ނޫން ހެއްޔެވެ؟ ތުވާލި އަވަސް އަވަހަށް ދޮވުން ނަމަވެސް އަވަހަށް ތަތް މުޑުވަސް ދުވާ ހެއްޔެވެ؟ އޯމޯ ބޭނުންކޮށްގެން ދޮވެފައި ސޮފްޓްނާ ގިނައިން ބޭނުންކުރިނަމަވެސް ދޮންނަ ތަކެތީގައި ނުފިލާ ވަހެއް ހުންނަނަމަ، ބޭކިން ސޮޑާ ބޭނުން ކޮށްލެވިދާނެއެވެ. ބައި ޖޯޑުގެ ބޭކިންގ ސޮޑާ ދޮންނަ މެޝިންއަށް އަޅާށެވެ. ނުވަތަ ޖޯޑެއްގެ ބޭކިންގ ސޮޑާ ފެނާއި، އެއްކޮށްފައި ދޮންނަން ހުރި އެއްޗެހިތައް އަޅާފައި ފަސްމިނެޓް ވަރުވަންދެން ބަހައްޓާށެވެ. އެއަށްފަހު ނަގާފައި ދޮވެލާށެވެ.

ލައްފިލުވުން

ބްލިޗާއި ބޭކިންގ ސޮޑާ މިކްސްކޮށްލައިގެން ބޭނުންކުރުމުން، ހެނދުމުގައި ހުންނަ ބެކްޓީރިއާއާއި ފަންގަސް އަދި ލައްފިލުވާލައި ސާފުކޮށްލުމަށް ފަސޭހަވެގެންދެއެވެ. ކޮންމެ ބައި ޖޯޑުގެ ބުލީޗަށް، ބައި ޖޯޑުގެ ބޭކިން ސޮޑާ އެއްކޮށްލާފައި، މެޝިން ތެރެއަށް ހެދުންތައް އެޅުމުގެ ކުރިން އަޅާށެވެ. ހެނދުންތަކުން ލައްފިލުވާލައިދީ އިތުރަށް ރީތި ކޮށްދޭނެއެވެ.

ސޮފްޓްނާ

ބޭކިން ސޮޑާއަކީ، ސޮފްޓްނާއެއްގެ ގޮތުގައިވެސް ބޭނުން ކޮށްލެވިދާނެ އެއްޗެކެވެ. ބޭކިން ސޮޑާ ބޭނުން ކުރުމުން ދޮންނަ އެއްޗެހިން މީރުވަސް ދުވުމުގެ އިތުރުން، ދޮންނަ އެއްޗެހި ރީތިވެސް ކޮށްދޭނެއެވެ. އެލާޖީގެ މައްސަލަތައް ހުރުމުގެ ސަބަބުން ސޮފްޓްނަރ ބޭނުން ނުކުރެވޭ މީހުންނަށްވެސްމީ އެއްޗެހީގައި މީރުވަސް ދުއްވާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ޖޯޑެއްގެ ބޭކިން ސޮޑާއާއި އެ މީހަކަށް މީރުވަސް ދުވާ ވައްތަރެއްގެ އެސެންޝައަލް އޮއިލް ކޮޅެއް ފެނާ އެއްކޮށްގެން ސޮފްޓްނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

އިސްތިރިކުރުން

ދޮވުމުގެ އިތުރުން އިސްތިރި ސާފުކޮށްލުމަށްވެސް ބޭނިން ސޮޑާ އެހީވެދެއެވެ. ކުރާއިރު މާ ގަދައަށް އިސްތިރި ދޮވެ، ހެދުން އިސްތިރީގައި ތަތްވުމުން ނުވަތަ އިސްތިރި ހަނޑިވުމުން ބޭކިން ސޮޑާއިން ވަރަށް ފަސޭހައިން ސާފުކޮށްލެވޭނެއެވެ. ކުޑަކުޑަ ފެންކޮޅެއް ބޭކިން ސޮޑާއާއި އެއްކޮށްލާފައި ޕޭސްޓް ހަދާލާށެވެ. އެއަށްފަހު އިސްތިރީގައި ހަކާލާފައި ފޮތިކޮޅަކުން ކުޑަކޮށް އުނގުޅާލާށެވެ. އިސްތިރީގައި ހުރި އެއްޗެހިތައް ފިލުމުން އިސްތިރި ސާފުކޮށްލާށެވެ. އިސްތިރި ސާފުކޮށްލުމަށް ފޮތިކޮޅެއްގައި ވިނިގަރ ހާކާލުމަށްފަހު މަޑުމަޑުން ފޮހެލާށެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.