އެމްއެންޑީއެފް ކޯސްޓްގާޑް

5 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ގޮސްފި

އަންގާރަ 05 އޮކްޓޯބަރ 2021 | އުލާ

5 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

Advertisement


އެމްއެންޑީއެފުން ބުނީ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން 4 ނމ. ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި މި ސަރަހައްދުގައި އެމްއެންޑީއެފް ޑޯނިއަރފްލައިޓް ވެސް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދޯނީގައި ދަތުރުކުރަމުންދިޔަ 5 މީހުން މިއަދު 08:30 ހާއިރު ކޯސްޓްގާޑްގެ އުޅަނދަށް ފެނިފައިވާ ކަމަށާއި، އެމީހުން ކާށިދޫއަށް ގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށެވެ. އަދި މި ދޯނީގެ މީހުންނާ އެންމެ ފަހުން ގުޅިފައިވަނީ 06:45 ގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.