ސްޓެލްކޯ--

ސްޓެލްކޯއިން ކަރަންޓު އުފައްދާ ނިޒާމުތަކާއި ގުޅޭ ޚިދުމަތް ދިނުމަށް ވޯކްޝޮޕެއް

އަންގާރަ 05 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ސްޓެލްކޯއިން ކަރަންޓު އުފައްދާ ނިޒާމުތަކާއި ޖަނަރޭޓަރުތަކާއި ގުޅޭ ޚިދުމަތްތައް ދޭން ސްޓެވޯ ނަމުގައި ވާކްޝޮޕެއް ހުޅުވައިފިއެވެ.

Advertisement


އެއް ފުރާޅެއްގެ ދަށުން ގިނަ ޚިދުމަތްތަކެއް ލިބޭނެހެން ސްޓެލްކޯއިން ސްޓެވޯ ވޯކްޝޮޕް ހުޅުވާފައިވަނީ، ހުޅުމާލޭގެ ކުރީގެ އިންޖީނުގެ ހުރި ބިމުގައެވެ.

ސްޓެވޯއިން ދޭ ހިދުމަތްތައް:

• ޕަވާ ޖެނަރޭޝަން ސާރވިސަސް އަދި ޖެނަރޭޓާ އެސެމްބްލީ

• ޖެނަރޭޓާ ސާރވިސަސް

• އޯލްޓަނޭޓާ އެންޑް މޮޓޯ ސާރވިސަސް

• ޕަވާ ސިސްޓަމްސް ޑިޒައިނިން އެންޑް ކޮމިޝަނިން

• ޕެނަލް ސާރވިސަސް

• އާރްއޯ ޕްލާންޓް އެސެމްބްލީ

• އަލްޓްރާސޮނިކް ކްލީނިން

ސްޓެވޯ ވާކްޝޮޕާ ހުޅުވުމަށް ބޭއްވި ހަފުލާގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، އެތަނުން ދޭ ހިދުމަތްތަކަކީ އެ ކުންފުނީގެ 70 އަހަރުގެ ތަޖުރިބާގެ އަލީގައި ދޭ ފެންވަރު ރަނގަޅު ހިދުމަތްތަކަކަށްވާނެ ކަމަށެވެ.

ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ، ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންކަން ފާހަގަކޮށް މުގުނީ ވިދާޅުވީ، އެތަނުން ކުރާ މަސައްކަތްތަކާއި އުފައްދާ ޕްރޮޑަކްޓުތަކުގައި ވޮރެންޓީއާއި އާފްޓަ ސޭލްސް އެކުލެވޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގެ ޓެސްޓިންއާއި ސެޓިފިކޭޝަން ހިމެނޭނެ ކަމަށެވެ.

ރޭގެ ހަފްލާގައި ވަނީ، އެ ކުންފުނިން އެންމެ ފުރަތަމަ އެސެމްބްލް ކުރި ޖެނަރޭޓަރު ދައްކާލާފައެވެ. އަދި އެ މަސައްކަތުގައި ހަރަކާތްތެރިވި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.