ކޮކޯ--

ކޮކޯ އާދަކޮށް ބުއިމުން ހިތުގެ ދުޅަހެޔޮކަން ރަނގަޅު ކޮށްދޭ

ބުރާސްފަތި 07 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

އެކި މީހުންނަށް ކަމުދާނީ އެކި ބުއިންތަކެވެ. އެމީހެއްގެ ފެވަރިޓް ބުއިމެއް ބޯލުމުން އެލިބޭ ހިތްހަމަޖެހުމަކީ، ތަފާތު އިހްސާސެކެވެ. ނަމަވެސް މީރުވެގެން ތިބޯ ބުއިމަކީ، ސިއްހަތައް ކިހާ ފައިދާއެއް ހުރި އެއްޗެއް ކަމާއިމެދު ވިސްނާލިން ހެއްޔެވެ؟ ތިރީގައިމިވާ ބުއިމަކީ، ކޮންމެ ދުވަހަކުވެސް އާދަކޮށް ބޯލުމަށް ރަނގަޅު މީރު ބުއިމެކެވެ. އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް މި ބުއިމަކުން ނުކުރާނެއެވެ. މި ބުއިމަކީ، ހިތުގެ ދުޅަހެޔޮ ކަމަށާއި ފިޓްކޮށް ހުރުމަށްވެސް އެހީތެރިވެދޭނެ ބުއިމެކެވެ.

Advertisement


ކޮކޯ ބުއިމަކީ، މީހާ ކަންބޮޑުވުމާއި ހާސްކަމުން ދުރުކޮށްދޭ ބުއިމެކެވެ. ކަންބޮޑުވުމާއި ހާސްވުމަކީ ލޭ މައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމަށް މަގުފަހިކުރުވާ ކަމެކެވެ. އެކަމުގެ ސަބަބުން ހިތުގެ ތަފާތު ބަލިތައް ކަމަށްވާ، ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، ކޮކޯ ބުއިމުން ހާސްވުން ދުރުކޮށްދޭ ކަމަށާއި، އެކަމުގެ ސަބަބުން ހާސްވެ ކަންބޮޑުވުމުން ހިތް ސަލާމަތްކޮށްދޭ ކަމަށެވެ. އަދި ލޭ ނާރުތަކުގެ ހިނގުން ރަނގަޅު ކޮށްދެއެވެ.

އޭގެ އިތުރުން ކޮކޯއަކީ، އެންޓި އޮކްސިޑެންޓުން މުއްސަނދިވެފައިވާ ބުއިމެއް ކަމުން އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށް، ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ. އެކަމުގެ ސަބަބުން ހަންގަނޑު ހައިޑުރޭޓްކޮށްދީ ހަންގަނޑުގައި ރޫޖެހުން ދުރުކޮށްދީ ހަންގަނޑު އޮމާންކޮށްދެއެވެ.

ކޮކޯއަކީވެސް ކޮފީ އަދި ސައިހެން ތައްޔާރު ކޮށްލައިގެން ބޮވިދާނެ މީރު ބުއިމެކެވެ. ހަކުރު، ކިރު އަޅައިގެންވެސް ނާޅަވެސް ކޮކޯ ބޮވިދާނެއެވެ. ފިނިކޮށް އަދި ހޫނުކޮށްވެސް މި ބުއިން ތައްޔާރު ކޮށްލެވިދާނެއެވެ. ތިރީގައި މިވަނީ، ހޫނުކޮށް ކޮކޯ ތައްޔާރު ކޮށްލައިގެން ބޮވިދާނެ ފަސޭހަ ގޮތެކެވެ.

ބޭނުންވާ ތަކެތި

2 ސައިސަމުސާ ކޮކޯ

1 ސައިސަމުސާ ހަކުރު

1 ޖޯޑު ކިރު

¼ ސަމުސާ ވެނީލާ އެސެންސް

ތައްރާރު ކުރާނެ ގޮތް

ކޮކޯ، ހަކުރު ތެރެއަށް ކުޑަ ކިރުކޮޅެއް އަޅާލައިފައި ގިރާލުމަށްފަހު، ތެއްޔަކަށް އަޅާފައި ކޮކޯތައް ރަނގަޅަށް ވިރެންދެން ކައްކާލާށެވެ. ނުވަތަ މިކްސަރަށް އަޅާ ގިރާލާށެވެ. ދެން ބާކީ ހުރި ކިރު އަޅާ އެއްކޮށްލުމަށްފަހު، ވެނީލާ އެސެންސްކޮޅު އަޅާށެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.