ފިއުލް ސަޕްލައިގެ ޝެޑެއް. ފޮޓޯ: ފިއުލް ސަޕްލައި މޯލްޑިވްސް

އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު ބޮޑުކޮށްފި

އަންގާރަ 12 އޮކްޓޯބަރ 2021 | ހަމްޒާ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

Advertisement


އެސްޓީއޯއިން ބުނީ، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ، ފާއިތުވި ހަތް އަހަރު ދުވަހު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށެވެ. މިކަމާއި ގުޅިގެން އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެހެންކަމުން މިއަދު ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާނީ، 11.84 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޑަރެއް ވިއްކާނީ، 11.16 ރުފިޔާއަށެވެ. މިހާރު އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަނީ، 10.95 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ، 10.72 ރުފިޔާއަށެވެ.

އެސް.ޓީ.އޯއިން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަސޭހަގޮތެއްގައި ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ކަމަށެވެ.

މިއީ، އެސްޓީއޯއިން މިއަހަރުގެ ތެރޭގައި ތެލުގެ އަގު ބޮޑުކުރި ހަތަރުވަނަ ފަހަރެވެ. އެކުންފުނިން އެންމެފަހުން ތެލުގެ އަގު ބޮޑުކުރީ، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.