ދިވެހި ސަޕޯޓަރުން ނަގަނީ އާދަޔާ ހިލާފް ފޯރިއެއް، ބޭނުންވާ ވަރަސް ޓިކެޓެއް ނުލިބޭ: ފޮޓޯ-އެފްއޭއެމް

10:00 ގައި ޓިކެޓް ވިއްކަން ފަށާނެ، ދިވެހި ސަޕޯޓަރުންނަށް ވިއްކާނީ 3000 ޓިކެޓް

އަންގާރަ 12 އޮކްޓޯބަރ 2021 | އައުޓްރީޗް

އުރީދޫ ސާފްޗެމްޕިއަންޝިޕްގައި މާދަމާރޭ ދިވެހި ޓީމް އިންޑިޔާއާ ވާދަކުރާ މެޗުގެ ޓިކެޓް މިއަދު ހެނދުނު 10:00 ގައި ވިއްކަން ފަށާނެއެވެ. ޓިކެޓް ވިއްކާނީ ޒުވާނުންގެ މަރުކަޒުންނެވެ. އެފްއޭއެމްއިން މައުލޫމާތުދެއްވާ ގޮތުގައި މިމެޗަށް ދިވެހި ސަޕޯޓަރުންނަށް ކަނޑައަޅާފައިވަނީ 3000 ޓިކެޓެވެ. 

Advertisement


ރާއްޖެ ފުރަތަމަ ކުޅުނު ތިން މެޗުގައި ކޮންމެ މީހަކަށްވެސް ފުރަތަމަ ވިއްކީ ފަސްޓިކެޓެވެ. އެކަމަކު އިންޑިޔާ މެޗަށް ވިއްކާނީ މީހަކަށް ދެ ޓިކެޓެވެ. އެއީ ދަނޑަށް ވަންނަ ދެ މީހުންގެވެސް އައިޑީކާޑާއި، ވެކްސިން ކާޑް ދެއްކުމުންނެވެ. ޓިކެޓް ވިއްކުމުގެ އިންތިޒާމްތައް ފަސޭހަކުރުމަށް ޒުވާނުންގެ މަރުކަޒުގައި 3 ކައުންޓަރ ވަނީ ބަހައްޓާފައެވެ. އަދި ކިޔު ހަދަން ފަށާ ގަޑިއަކީ 09:30 ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކިޔު ހަދަން ފަށަން ވަކިގަޑިއެއް ކަނޑައެޅިނަމަވެސް ރޭވެސް ޒުވާނުންގެ މަރުކަރުގައި މީހުން ކިޔުހެދިއެވެ. އެކަމަކު އެމީހުންނާ ވާހަކަދައްކަން އެތަނަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވަޑައިެގން ޓިކެޓް ވިއްކުމުގެ އިންތިޒާމް އޮތްގޮތް އޮޅުންފިލުއްވައިދެއްވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.