ބޮލީވުޑް ތަރިންގެ ލޯބީގެ ވާހަކަތައް--

ބޮލީވުޑް ތަރިންގެ ތިނެސްކަން ލޯބި

އަންގާރަ 12 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ބޮލީވުޑް ފިލްމުތަކެކޭ އެއްވަރަށް ބޮލީވުޑްގައި ހަރަކާތްތެރިވާ ފަންނާނުންގެ ހަޔާތުގެ ވާހަކަތައްވެސް އެހާ ފިލްމީ ވެފައި މަޝްހޫރެވެ. ހާއްސަކޮށް އެކްޓަރުންނާއި އެކްޓަރެސްއިންގެ ލޯބީގެ ވާހަކަ ތަކެވެ. ބައެއް ތަރިންގެ ލޯބީގެ ވާހަކަ ތަކަކީ އުފާވެރި ވާހަކަ ތަކެއް ނަމަވެސް، ބައެއް ތަރިންގެ ލޯބީގެ ވާހަކަ ތަކަކީ ހިތާމަވެރި ވާހަކަ ތަކެކެވެ. ބޮލީވުޑްގެ ގިނަ ފިލްމު ތަކެކޭ އެއްގޮތަޢް ހަގީގީ ދިރިއުޅުމުގައިވެސް ބޮލީވުޑުންވަނީ ލޯބީގެ ތިނެސްކަން ވާހަކަތަކެއް ފެނިގެން ގޮސްފައެވެ.

Advertisement


ރޭކާ، އަމީތާބު ބައްޗަން، ޖަޔާ ބަދުރީ

ރޭކާ، އަމީތާބު ބައްޗަން، ޖަޔާ ބަދުރީގެ ލޯބީގެ ވާހަކައަކީ ބޮލީވުޑްގެ އެންމެ ބޮޑު ހިޓް ވާހަކައެވެ. އެ ތިން ފަންނާނުންގެ ލޯބީގެ ވާހަކަތައް ފިލްމުތަކުންވެސް ވަނީ ފެނިގެން ގޮސްފައެވެ. އެ ގޮތުން "ސިލްސިލާ" ފަދަ ފިލްމުތައް ގެނެސްދީފައިވަނީ އެ ތިން ފަންނާނުންގެ ހަގީގީ ދިރިއުޅުމުގެ މައްޗަށެވެ. އަމީތާބު ޖަޔާއާޢި ކައިވެނި ކުރި ފަހުންވެސް، ރޭކާ އާޢި ލޯބީގެ ގުޅުން ހިންގިކަމަށް އަޑުތައް ފެތުރުން އިރު، އެ ދެ މީޙުން ސިއްރުން ކައިވެނިކުރި ކަމަށްވެސް އެ ދުވަސްވަރު ވާހަކަތައް ދެކެވުނެވެ.

ރަންބީރު ކަޕޫރު، ދީޕިކާ ޕަޑޯކެ، ކެތްރީނާ ކައިފް

ރަންބީރު ކަޕޫރު އާއި ދީޕިކާ ޕަޑޯކެއަކީ އެންމެ ފުރަތަމަ ދެ އެކުވެރިން ނަމަވެސް، ދެ މީހުންގެ ފިލްމީ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅު ދެ ލޯބިވެރިންނަށް ބަދަލުވިއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުން އެ ދެމީހުން ވަކިވީ، ރަންބީރު ކެތްރީނާ ކައިފްއާއި ލޯބީގެ ގޮތުން ގުޅި، ދީޕިކާއަށް ބޭވަފާތެރިވުމުންނެވެ. ރަންބީރުވެސް ފަހުން ވަނީ ދީޕިކާއަށް އޮޅުވާލާ ބޭވަފާތެރިވި ކަމަށް އެއްބަސްވެފައެވެ.

ޝާހިދު ކަޕޫރު، ކަރީނާ ކަޕޫރު، ސައިފް އަލީ ހާން

ޝާހިދު ކަޕޫރުއާއި ކަރީނާގެ ލޯބީގެ ފުރަތަމަ ކޮޅު މައްސަލަތައް ދިމާވާން ފަށައިފިއެވެ. ކުދި ކުދި މައްސަލަތައް ޖެހެމުން އައިސް، ހުޅުގަނޑު ފަޅައިގެން ދިޔައީ ފިލްމު "ތަޝަން" ކުޅެމުން ދިޔަ ދުވަސްވަރު ކަރީނާ އާއި ސައިފް ފިލްމުގެ ސެޓުންނާއި ސެޓުން ބޭރުގައިވެސް މާ ގިނައިން ވަގުތު ހޭދަކުރަން ފެށުމުންނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޝާހިދު އާއި ކަރީނާގެ ގުޅުން ނިމުމަކަށް އައިސް ސައިފްއާއި ކަރީނާ ލޯބީގެ ގޮތުން ގުޅުނެވެ.

ޕްރިޔަންކާ ޗޯޕްރާ، ހަރްމާން، ޝާހިދު

ފިލްމު "ލަވް ސްޓޯރީ 2050" އަކީ ޕްރިޔަންކާ އާއި ހަރްމާންގެ ގުޅުމުގެ ފެށުމެވެ. ނަމަވެސް ފިލްމު ފްލޮޕް ވީ ފަދައިން، އެ ދެ މީހުންގެ ލޯބީގެ ގުޅުންވެސް ފްލޮޕްވެގެން ދިޔައީއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ފިލްމު "ކަމީނޭ" ކުޅުން ދުވަސްވަރު ޕްރިޔަންކާއާއި ޝާހިދު ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގުޅުމަށްވެސް ނިމުން އައެވެ.

ސަލްމާން ހާން، އައިޝްވާރިއާ، ވިވެކް އޮބްރޯއީ

ފިލްމު ހަމް ދިލް ދެ ޗުކެ ސަނަމް ކުޅުނު ދުވަސްވަރު އައިޝްވާރިޔާއާއި ސަލްމާންއަކީ ވަރަށް ލޯބިން އުޅުން ދެ ފަންނާނުންނެވެ. ނަމަވެސް އެ ދެ މީހުންގެ ގުޅުންވެސް ވަރަށް އަވަހަށް ނިމުމަކަށް އައެވެ. ސަބަބަކަށްވީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އައިޝްވާރިޔާއަށް ސަލްމާން އަނިޔާކުރަން ފެށުމުންނެވެ. އެއަށްފަހު އައިޝްވާރިއާ އާއި ވިވެކް ލޯބީގެ ގޮތުން ގުޅުނެވެ. ނަމަވެސް ސަލްމާން އޭރުވެސް އައިޝްވާރިޔާ ފަހަތުން ނައްޓައެއް ނުލައެވެ. ދުވަސްކޮޅެއްގެ ތެރޭގައި ވިވެކާއި އައިޝްވާރިޔާގެ ގުޅުމުގައިވެސް ފުލުސް ޓޮޕްޖެހުނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.