ސްރީލަންކާ މެޗުގައި ދިވެހި ސަޕޯޓަރުންގެ ކިޔު، ޓިކެޓްގެ ޑިމާންޑް ބޮޑު: ފޮޓޯ-ޕީއެސްއެމް ނިއުސް

ޓިކެޓްގެ އަގު 5000 އަށް، ޖަރޒީ ވިއްކާ ފިހާރަތަކުގައި ކިޔޫ ދަމާލާފައި

ބުދަ 13 އޮކްޓޯބަރ 2021 | އައުޓްރީޗް

އުރޫދީ ސާފްޗެމްޕިއަންޝިޕްގެ ފޯރި ގަދަވެ، މިރޭ އިންޑިޔާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓްގެ އަގު ބްލެކް މާކެޓްގައި 5000 ރުފިޔާއަށް އުފުލިއްޖެއެވެ. ރާއްޖެ މެޗަށް ވިއްކަން ޚާއްޞަކުރި ތިންހާސް ޓިކެޓް ތިންގަޑިއެއްހާއިރުގެ ތެރޭގައި ވަނީ ވިކި ހުސްވެފައެވެ. އެމެޗުގެ ޓިކެޓް ނަގަން ކިޔު ހެދުން މަނާކޮށްފައިވަނިކޮށްވެސް، 18 ގަޑިއިރު ކުރިން ކިޔު ހެދިއެވެ.

Advertisement


ރޭ ދަންވަރުވެގެން އައިއިރު ޓިކެޓްގެ އަގު 5000 ރުފިޔާއަށް ވަނީ އުފުލިފައެވެ. އެފްއޭއެމްއިން ޓިކެޓް ވިއްކަނީ ގޮނޑިބަރިން 100 ރުފިޔާއަށް އަދި ސިޑިބަރިން 75 ރުފިޔާއާށެވެ. ޓިކެޓްގެ އަގު މިހާބޮޑަށް އުފުލިފައިވަނީ ތިންވަނަ ފަރާތުން ގަނެ، ޓިކެޓް ވިއްކާހިސާބަށް ދިއުމުންނެވެ.

މެޗަށް ޚާއްޞަކުރި ޓިކެޓްގެ އިތުރުން ހިލޭ ޓިކެޓް ދިނުމަށް ކަނޑަޅާފައިވާ ބައެއް ފަރާތްތަކުންވެސް ވަނީ އެމީހުންނަށް ލިބުނު ޓިކެޓް ބޮޑު އަގުގައި ވިއްކާލާފައެވެ. 

ނެތްތަ ޓިކެޓެއް. މިއުޅެނީ ޓިކެޓެއް ނުލިބިގެން. ޓިކެޓްގެ އަގުތައް ހުރީ ފަސްހާހުގައި. ރޭ ދަންވަރު ޓިކެޓެއް ހޯދަން ގުޅި ރަހުމަތްތެރިއަކު ބުންޏެވެ.

ދިވެހިންގެ އިތުރުން އިންޑިޔާ ރައްޔިތުންގެ މެދުގައިވެސް ޓިކެޓްގެ ޑިމާންޑް ވަނީ ބޮޑުވެފައެވެ. ރިސޯރޓްތަކުގެ ރަނގަޅު ވަޒީފާތަކުގައި މަސައްކަތްކުރާ އިންޑިޔާ ބައެއް މީހުން މެޗު ބަލަން އަންނަން ބޭނުންވެ، ބޮޑު އަގުގައި ދަނީ ޓިކެޓް ގަންނަމުންނެވެ. 

ޓިކެޓް ޑިމާންޑްގެ އިތުރުން ޖަރޒީގެ ޑިމާންޑްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއަދު އަލިވިލިގެން އައިއިރު ޖަރޒީ ވިއްކާ ފިހާރަތަކުގެ ބޭރުގައިވެސް ވަނީ ކިޔު ދަމާލާފައެވެ. މުބާރާތުގައި މިރޭ އިންޑިޔާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަކީ ފައިނަލްގެ ޖާގައާ ގުޅިފައިވާ މެޗެވެ. ބަލިނުވެ ފަރުޖައްސާލައިފިނަމަ ރާއްޖެއަށް ފައިނަލުގެ ޖާގަ ލިބޭނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.