ބަނގްލަދޭޝްއިން ލީޑް ނެގުމަށްފަހު، ފައިނަލަސް ދިޔައީ ނޭޕާލް: ފޮޓޯ-ޕީއެސްއެމް ނިއުސް

ނޭޕާލް ފުރަތަމަ ފަހަރަށް ސާފްޗެމްޕިއަންޝިޕްގެ ފައިނަލަށް

ބުދަ 13 އޮކްޓޯބަރ 2021 | އައުޓްރީޗް

ޞަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފްޗެމްޕިއަންޝިޕްގެ ފައިނަލުން ނޭޕާލް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފިއެވެ. ނޭޕާލް މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ބަނގްލަދޭޝްއާ ވާދަކުރި މެޗުން ހޯދި ޕޮއިންޓާއެކު 7 ޕޮއިންޓް ހޯދައިގެންނެވެ. 

Advertisement


މެޗުން ނޭޕާލް ޕޮއިންޓެއް ހޯދީ މެޗުގެ ވަރަށް ކުރީކޮޅު ބަނގްލަދޭޝްއިން ލަނޑެއް ޖަހާފައިވަނިކޮށް، ފަހު ތިން މިނިޓްގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްގެންނެވެ. ބަނގްލަދޭޝްގެ ސަޕޯރޓަރުންގެ ތަރުހީބުގެ އަޑުން ގުގުމާލާފައި އޮތް ސްޓޭޑިއަމްގައި އެޓީމުން ލީޑްނެގީ އެމް ޑީ ސުމަން ރެޒާ 9 ވަނަ މިނިޓްގައި ކާމިޔާބުކުރި ލަނޑުންނެވެ.

ނޭޕާލުން މެޗުގެ ނަތީޖާ ހަމަހަމަކޮށް، ފައިނަލްގެ ޖާގަ ޔަޤީންކުރީ ބަނގްލަދޭޝްއިން 10 ކުޅުންތެރިންނާއެކު ކުޅެމުންދަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. ނޭޕާލްގެ ބިސްޓާއަށް އޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީވެސް އޭނާއެވެ. އޭގެކުރިން ބަނގްލަދޭޝްގެ ކީޕަރު އޭރިޔާ ބޭރުން ފައުލުކޮށް، ބޯޅައިގައި އަތްލުމުން ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. 

މުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރު މިކުރީ މުބާރާތުގައި ކުޅުނު 4 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެގެންނެވެ. ބަލިވީ ހަމައެކަނި އިންޑިޔާ އަތުންނެވެ. ފައިނަލްގައި ނޭޕާލް ވާދަކުރާނެ ޓީމެއް ޔަޤީން ވާނީ މިރޭ ރާއްޖެއާއި އިންޑިޔާ ވާދަކުރާ މެޗުންނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.