ބޮޑު ސްކްރީންގައި މެޗު ބެލުމަށް ތައްޔާރުކޮށްފައި. ފޮޓޯ: އެޗް.ޑީ.ސީ

ހުޅުމާލޭގެ ދެ ސަރަހައްދުން ބޮޑު ސްކްރީނުން މެޗު ބެލޭނެ

ބުދަ 13 އޮކްޓޯބަރ 2021 | ހަމްޒާ

ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ މެޗުތައް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީނުން ބެލޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

Advertisement


އެޗް.ޑީ.ސީން ބުނީ، އެކޯޕަރޭޝަނާއި ދިރާގު ގުޅިގެން ހިޔާ ފްލެޓް ސަރަހައްދުގައި ޤައުމީ ޓީމުގެ މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިމެޗު އެޅުވުމަށް ހަމަޖހިފައިވަނީ، ދިރާގު ޓީވީ މެދުވެރިކޮށް ކަމަށެވެ.

މީގެއިތުރުން ދިވެހި ޤައުމީ ޓީމަށް ސަޕޯޓްކޮށް، މެޗު ބެލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދާދިނުމުގެ ގޮތުން މިރޭ ކުޅޭ މެޗުވެސް ހުޅުމާލެ ރުއްގަނޑު 1 ގައި ބެލޭނެ އިންތިޒާމް ހަމަޖައްްސާފައިވާ ކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ ރާއްޖޭގެ ޤައުމީ ޓީމް ބައްދަލުކުރާނީ، އިންޑިއާ ޤައުމީ ޓީމާއެވެ. މިމެޗު އޮންނާނީ މިރޭ 21:00 ގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.