އެޗްޑީސީން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަނީ.

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން ހިންގާ ހަރަކާތްތައް މިމަހުގެ 16ގައި ބާއްވަނީ

ބުދަ 13 އޮކްޓޯބަރ 2021 | ހަމްޒާ

މި އަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހިންގުމަށް ރޭވި ހަރަކާތްތައް މިމަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

Advertisement


އެޗްޑީސީން ބުނީ، މި އަހަރުގެ އިސްރަށްވެހިންގެ ދުވަހު ހިންގުމަށް ރާވާފައިވާ ހަރަކާތްތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށްފަހު، އަލުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ، އެދުވަހުގެ ހެނދުނު 6:30 އިން 8:30 އަށް "ހުޅުމާލެ ރުއްގަނޑު އެކެއް" ސަރަހައްދުގައި ކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

ހުޅުމާލޭގައި މި އަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ ހަރަކާތްތައް ބާއްވަނީ، އެޗް.ޑީ.ސީއާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގު ގުޅިގެންނެވެ.

މިހަރަކާތްތަކުގެ ތެރޭގައި ލުއި ނާސްތާއާއި، މަޖާ ކުޅިވަރުތައް އަދި އިތުރު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެޗް.ޑީ.ސީން ބުނީ، އުމުރުން 65 އަހަރުން މަތީގެ ގްރޫޕްތަކުން 7924392 އަށް ގުޅާ ރަޖިސްޓްރީކުރުމުން މިހަރަކާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

ބައިނަލްއަޤްވަމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހަކީ، އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހަށް އދއިން ކަނޑައަޅާފައިވަނީ، ސުމޭކުގެ ހަމަހަމަ ފުރުސަތު ހުރިހާ އުމުރަކަށް" މިތީމެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.