ފިލިޕީންސްއަށް މިހާރު އަރާފައިވާ ތޫފާނާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ އަލްޖަޒީރާ

ތޫފާން ކޮމްޕަސޫގައި ފިލިޕީންސްއިން 11 މީހުން މަރުވެއްޖެ

ބުދަ 13 އޮކްޓޯބަރ 2021 | މޫސަ

ތޫފާން ކޮމްޕަސޫގައި ފިލިޕީންސްއިން 11 މީހުން މަރުވެއްޖެއެވެ.

Advertisement


މިތޫފާނުގައި ބޯކޮށް ވާރޭވެހި ބާރަށް ވައިޖެހެމުންދާއިރު، މީހުން މަރުވެފައި ވަނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުންނާއި ފެންބޮޑުވުމުގެ ސަބަބުންނެވެ.

ފިލިޕީންސްގެ އުތުރުގެ ސަރަހައްދުތަކަށް މިތޫފާނުގެ އަސަރު ބޮޑަށް ކުރަމުންދާއިރު، މިހާރު ތޫފާނުގެ މިސްރާބު ހުރީ ޗައިނާގެ ދެކުނަށެވެ.

ޠޫފާނުގައި ގަޑިއަކު 62 މޭލު ބާރުމިނުގައި ދަނީ ވައިޖެހެމުންނެވެ.

ފިލިޕީންސްގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ތޫފާނުގައި 11 މީހުން މަރުވެފައި ވާއިރު، މިހާތަނަށް ވީ ނުވީގޮތެއް ނޭނގި 7 މީހަކު ވަނީ ގެއްލިފައެވެ.

ތޫފާނުގައި ފިލިޕީންސްގެ ބެންގުއެޓް ވިލެޖު ސަރަހައްދުން 6 މީހަކު މަރުވެފައި ވަނީ، ބިންގަނޑުކަނޑައިގެން ގޮސް ވަޅުލެވުމުގެ ސަބަބުންނެވެ. އަދި 3 މީހަކު ގެއްލިފައިވެއެވެ.

މީގެ އިތުރުން ޕަލަވަން ޕްރޮވިންސްއިން 4 މީހުން މަރުވެފައި ވާއިރު 4 މީހަކު ގެއްލިފައިވެއެވެ.

ފިލިޕީންސްއަކީ ޤުދުރަތީ ކާރިސާތަކާއި ގިނައިން ކުރިމަތިވާ ޤައުމެކެވެ. މިގޮތުންއަހަރަކު 20 ތޫފާން އެޤައުމަށް އަރާއިރު، ބިންހެލުމާއި އަލިފާން ފަރުބަދަތައް ގޮވުމުގެ ހާދިސާތަކުގައިވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.