ނޭޕާލުގައި މީގެ ކުރިން ހިނގާފައިވާ ބަސް އެކްސިޑެންޓެއް --

ބަސް އެކްސިޑެންޓެއްގައި ނޭޕާލުން 28 މީހުން މަރުވެއްޖެ

ބުދަ 13 އޮކްޓޯބަރ 2021 | މޫސަ

ނޭޕާލުގައި ފަރުބަދަމަތީ ސަރަހައްދަކުން ދަތުރުކުރި ބަހެއް މަގުން ކައްސާލައިގެން ވެއްޓި 28 މީހުން މަރުވެއްޖެއެވެ.

Advertisement


މިހާދިސާ ހިނގާފައިވަނީ، އަންގާރަ ދުވަހުގެ މެންދުރުގައެވެ. ނޭޕާލުގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ، ފަރުބަދަ މަތީ މަގަކުން ބަސް ދަތުރުކުރަމުން ދަނިކޮށް އޭގެ ފުރޮޅެއް ފަޅައިގެންގޮސް ކޮންޓްރޯލް ގެއްލުމުންނެވެ.

އެބަހުގައި 45 މީހުން ތިބިކަމަށް ބެލެވޭ ކަމަށާއި، ބަހުގައި ތިބި މީހުންނަކީ ހިންދީގެ ފެސްޓިވަލެއް ކަމަށްވާ ދަޝައިން ފާހަގަކުރުމަށްފަހު އެނބުރި އަވަށަށް ދިޔަ މީހުން ތިބި ބަހެއްކަމުގައިވެސް ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.

އަދި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބަހަށް އަރުވާފައިވާ މީހުންގެ ރެކޯޑްތައް ބަލަހައްޓާފައި ނުވާތީ މަރުވި މީހުން ދެނެގަތުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމުގައި ޑިސްޓްރިކް އޮފިޝަލް ރޮމް ބަހާދުރު މަހަތު އަލްޖަޒީރާއަށް ވިދާޅުވެފައިއެވެ.

ނޭޕާލަކީ މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ޤައުމެކެވެ. މަގުތައް ރަނގަޅަށް ހެދިފައި ނުވުމާއި، ވެހިކަލްތަކުގެ މެއިންޓަނަންސް ރަނގަޅަށް ބަލަހައްޓާފައި ނުވުމުގެ ކޮންމެ އަހަރަކުވެސް އެތައް ހާސް އެކްސިޑެންޓެއް ހިނގައެވެ.

2019 ވަނަ އަހަރުވެސް ނޭޕާލުގައި 13000 ވުރެ ގިނަ އެކްސިޑެންޓް ހިނގާފައި ވާރު، 2500އަށްވުރެ ގިނަ މީޙުން މަރުވެފައިވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.