ރާއްޖޭގެ ހަމައެކަނި ލަނޑަށްފަހު ކުޅުންތެރިން، ފައިނަލުގެ ދޮރު ބަންދު: ފޮޓޯ-ޕީއެސްއެމް ނިއުސް

އިންޑިޔާ އަތުން ބަލިވެ، ދިވެހިންގެ އުއްމީދުތައް ފެނަށް

ބުދަ 13 އޮކްޓޯބަރ 2021 | އައުޓްރީޗް

ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން ނިކުއިން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް އިންޑިޔާ އަތުން ބަލިވެ، ދިވެހިންގެ އުއްމީދުތައް ފެނަށް ހިނގައްޖެއެވެ. އިންޑިޔާ އަތުން ޕޮއިންޓެއް ހޯދައިގެންވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތް މެޗުގައި ރާއްޖޭގެ ޤައުމީ ޓީމް ވަނީ 3-1 ން ބަލިވެފައެވެ.

Advertisement


އިންޑިޔާއިން މެޗު ފެށީވެސް މޮޅުވެގެން ނޫންގޮތަކަށް ފައިނަލަށް ދެވެން ނެތްކަން ދަނެގެންނެވެ. އިންޑިޔާގެ ވޯކްރޭޓް ފެނުނީ ވަރަށް ރަނގަޅަށެވެ. އިންޑިޔާއިން މެޗުގައި ލީޑް ނެގީ 33 ވަނަ މިނިޓްގައި މަންވީރު ސިންގ ޖެހި ލަނޑުންނެވެ. އޭރިޔާ ތެރޭން ޑިފެންޑަރ ސަމޫހަށް ފުރުޞަތު ނުދީ ފޮނުވާލި ބާރުބޯޅަ ތަށްކޮށްލީ ގޯލްގެ މަތީ ދާގަނޑަށެވެ. އޭގެކުރިން ޗެތްރީ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވިއެވެ. އޭގެ އިތުރުންވެސް އިންޑިޔާއިން ފުރުޞަތު ހޯދިއެވެ.

ރާއްޖެއަށް އުއްމީދު ލިބުނީ ހާފް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާޤު (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ހަމްޒާ މުޙައްމަދު ބޯޅައާއެކު އޭރިޔާ ތެރެއަށް ވަންފަހުން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ދެވަނަ ހާފް ރާއްޖެއިން ރަނގަޅަށް ފެށިނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންޑިޔާއިން ވަނީ ކޮންޓްރޯލް ހޯދާފައެވެ.

ދެވަނަ ހާފްގައި އިންޑިޔާގެ ދެ ލަނޑުވެސް ޖެހީ ކެޕްޓަން ސުނިލް ޗެތްރީއެވެ. މެޗު އިންޑިޔާއިން ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. އަދި ކޯޗުވެސް ވަނި ދެރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ބެންޗުން ފޮނުވާލާފައެވެ. ރާއްޖެ އިންޑިޔާ އަތްދަށުވެ، މުބާރާތުން ކެޓީ ފުރިބާރުވެފައިވާ ސްޕޯޓަރުންގެ ކުރިމަތީގައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލްގައި އިންޑިޔާ ވާދަކުރާނީ ނޭޕާލާއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.