ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އިވެންޓެއްގެ ތެރެއިން--

ގޭގައި ތިބެގެން ތައްޔާރު ކުރާ ތަކެތި ވިއްކުމަށް ހާއްސަ އިވެންޓެއް

ހޯމަ 18 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ގޭގައި ތިބެގެން ތައްޔާރު ކުރާ ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިވެންޓެއް ބާއްވަން ނިންމާ އެ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Advertisement


ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) އިސްނަގައިގެން، "ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާއްވާ މި އިވެންޓަކީ މި މަހު 20 ވަނަ ދުވަހު ފާހަގަކުރާ އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސްގެ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ.

ބީސީސީއިން ކުރި އިއުލާނެއްގައި ބުނީ މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި އެ ފަރާތްތަކުގެ މުދާ ނުވަތަ ޙިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށްޓަކައި، ބައިވެރިވާ ކޮންމެ ފަރާތަކަށް 4x2 ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖެހިގެން ދާނެ ކަމަށެވެ.

މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ޚިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވިއްކޭނެ ކަމަށް ބީސީސީއިން ބުނެއެވެ.

"އިވެންޓުގެ މައިގަނޑު އެއް މަޤްޞަދަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކައް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ."މި އިވެންޓުގައި https://tinyurl.com/3da4yvys މި ލިންކު މެދުވެރިކޮށާއި އެ ސެންޓަރަށް ގުޅައިގެން ރަޖިސްޓްރީ ވާން ޖެހޭއިރު، ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ދުވަހަކީ މިއަންނަ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.