ހިޔާ ފްލެޓްގައި އަޅާ ކުލިނިކްގެ ކުރެހުމެއް- ފޮޓޯ: އެޗްޑީސީ

ހިޔާ ފްލެޓްގައި ކުލިނިކެއް އަޅަން ހަވާލުކޮށްފި

ބުދަ 20 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ކުލިނިކެއް އެޅުމަށް ހަވާލުކޮށްފިއެވެ.

Advertisement


ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ބޭސްފަރުވާގެ ހިދުމަތްތައް ދޭން ލައިފް ސަޕޯޓް މެޑިކަލް ކްލިނިކެއް އަޅަން ޕައިތަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާކަމަށެވެ.

އެޗް 12 ފްލެޓުގެ އެންމެ ތިރީ ފަންގިފިލާގައި ތައްޔާރުކުރާ މި ކުލިނިކްގެ ހިދުމަތް ކުރިއަށް އޮތް ތިން މަސްތެރޭގައި ދެވެން ފެށޭވަރު ވާނެކަމަށް ލަފާކުރެވޭކަމަށް އެޗްޑީސީއިން ބުނެއެވެ.

ހިޔާ ފްލެޓްގެ ތީރީ ފަންގިފިލާ ހާއްސަކޮށްފައިވަނީ ވިޔަފާރީގެ ބޭނުންތަކަށެވެ. ތަފާތު އެކި ވިޔަފާރިތަކަށް އެތަނުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާއިރު، އަދި މިހާތަނަށް އެތަނުގައި ހުޅުވާފައިވަނީ އެންމެ ފިހާރައެކެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.