70 އަހަރުގައި ވިހެއި މީހާ--

70 އަހަރުގައި ލިބުނު ދަރިފުޅާއިއެކު އުއްމީދުތައް ހަގީގަތަކަށް

ހުކުރު 22 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

އާއްމުގޮތެއްގައި 70 އަހަރުގެ މީހުންނަކީ މާމަ، ކާފަ ދަރިންނާއިއެކު ކުޅެ މަޖާކޮށް ހަދާ އުމުރެވެ. ނަމަވެސް ގުޖުރާތައް އުފަން ޖިވޫބެން ރަބަރީއަށް ވަނީ 70 އަހަރުގައި ކުއްޖަކު ވިހާފައެވެ. އޭނާގެ ފިރިމީހާ ވަލްޖީބާއީ ރަބަރީއަށް 75 އަހަރުވެފައިވާއިރު މިއީ އެ ދެ މީހުންގެ އަލަތު ދަރިފުޅެވެ. މިއާއެކު ދަރިއަކު ލިބޭތޯ ދެ މަފިރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެންދިޔައެވެ.

Advertisement


އެ ކުއްޖާ ވިއްސާފައިވަނީ ސިޒޭރިއަން ހަދައިގެން ނަމަވެސް، އެ ކުއްޖާގެ ހާލު ރަނގަޅެވެ. ކައިވެންނަށް 45 އަހަރުފަހުން ލިބުނު މި މީހުންގެ ދަރިފުޅަށް ކިޔާފައިވަނީ ލާލޯއެވެ. މިއީ އެ ދެ މީހުން ދަރިއަކު ލިބޭތޯ މަސައްކަތް ކުރާތާ އެތައް ދުވަހެއް ފަހުން، އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށް ލިބުނު ދަރިއެކެވެ.

މި ދެމަފިރިންނަށް އައިވީއެފް ހަދައިދިނުންވީ ބޫޖް އަވަށުގައި ހުންނަ ދަރިމައި ނުވާ އަންހެނުންނަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނަށް މުޅިން އާ ތަޖުރިބާއަކަށެވެ. އުމުރުން އެހާ ދުވަސްވެފައިވުމުން އެންމެ ފުރަތަމަ ޑޮކްޓަރުންވެސް މި މީހުންނަށް އައވީއެފް ހަދައިދިނުމާއި ދެކޮޅު ހެދިއެވެ. އެ އުމުރުގައި ބަލިވެ އިނުމަކީ ރައްކާތެރި ކަމެއް ނޫންކަމާއި އެކަމުގެ ނުރައްކާތެރިކަން އެމީހުންނަށް ޑޮކްޓަރުން ކިޔައިދިނެވެ. ނަމަވެސް އެމީހުން އެކަމާއި ފަރުވާލެއް ނެތް ކަމަށްބުނެ، ކުރި އާދޭހަށް ޑޮކްޓަރުންނަށް ދެކޮޅު ހަދަން ނުކެރުނިއެވެ. ބޮޑު ގޮންޖެހުމަކާއިއެކުވެސް، ޑޮކްޓަރުން ހިތްވަރު އެލުވާނުލައި މަސައްކަތްކުރުމަށް ލިބުނު ބާރަކީ، އެ ދެމަފިރިންގެ ހިތްވަރާއި ނުގުޑާ އަޒުމެވެ.

އައިވީއެފް ހެދުމުގައި ހަރަކާތްތެރިވި އަންހެނުންގެ ހާއްސަ ޑޮކްޓަރ ނަރޭޝް ބާނޫޝާލީ ހާމަކުރި ގޮތުގައި އެންމެ ފުރަތަމަ ކުރަން ޖެހުނު ކަމަކީ ބޭސްދީގެން އޭނާގެ މެންސްޗުރަލް ސައިކަލް ހަމައަކަށް އަޅުވާށެވެ. އެއަށްފަހު އުމުރުން ދުވަސްވެ ރޫޖެހި ކުރުގެޅިގފައިވާ އޭނާގެ ރަހިމު ފުޅާކުރާށެވެ. ދެން އޭނާގެ ބިސް ފާޓިލައިޒްކުރުމަށް ފަހު ބްލާސްޓޯސިސްޓެއް ހެދުމަށްފަހު، އޭނާގެ ރަހިމަށް އެ ބަދަލުކުރީ ކަމަށް ޑރ ވިދާޅުވިއެވެ.

އޭގެ ދެ ހަފުތާ ފަހުން ސޮނޯގްރަފީ ހެދުމުން ޑރ. ބާނޫޝާލީއަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ކުއްޖާ ރަނގަޅަށް ހެދި ބޮޑުވެ ތަރައްގީވަމުން އަންނަތަން ފެނުމުންނެވެ. އަދި ހާޓްބީޓް ވެސް ލިބި، އެއްވެސް އައިބުކަމެއް ކުއްޖާގެ ނެތުމުން، ދިރިހުއްޓާ ކުއްޖާ އުފަން ކުރެވިދާނެކަމުގެ ޔަގީންކަން ލިބުނެވެ. މިކަންވެފައިވަނީ ޑޮކްޓަރުންގެ ޓީމަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.