އިސްތަށިގަނޑު ދިގުކޮށްލުމަށް ގޭގައިވެސް ތެޔޮ ތައްޔާރުކޮށްލެވިދާނެ--

އިސްތަށިގަނޑު ދިގުކޮށްލުމަށް ތައްޔާރުކޮށްލެވިދާނެ ތެލެއް

ހުކުރު 22 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

އިސްތަށިގަނޑު ދިގުކުރުމަކީ މިހާރު ހަމައެކަނި އަންހެނުން ކުރާކަމެއް ނޫނެވެ. އަންހެނުންނެކޭ އެއްގޮތަކަށް ބައެއް ފިރިހެނުން ހާއްސަކޮށް ޒުވާން ފިރިހެންކުދިންނަކީވެސް އިސްތަށިގަނޑު ދިގުކުރަން ބޭނުންވާ ބައެކެވެ. ތަފާތު އެކި އެއްޗެހި އުނގުޅައިގެން އިސްތަށިގަނޑު ދިގުކުރެވޭތޯ މަސައްކަތް ކުރެއެވެ. މި ތެލަކީވެސް އިސްތަށިގަނޑު ދިގުކޮށްލުމަށް ތައްޔާރު ކުރެވިދާނެ ތެލެކެވެ. އަޖުމަ ބަލައިލާށެވެ.

Advertisement


ބޭނުންވާ ތަކެތި

200 އެމްއެލް ކާށިތެޔޮ

100 އެމްއެލް ޒައިތޫނި ތެޔޮ

50 އެމްއެލް ބަދަން ތެޔޮ

30 އެމްއެލް ކާސްޓަރ އޮއިލް

5 ސައިމައި ފިޔަ (ހިއްކާފައި)

30 އެމްއެލް އާމްލާ ޖޫސް

20 ހިތިފަތް (ހިތްކާފައި)

ތައްޔާރު ކުރާނެގޮތް

އެންމެ ފުރަތަމަ ހުރިހާ ތެލެއް އެއްކޮށްލާފައި ތެއްޖަކަށް އަޅައި ހޫނު ކޮށްލާށެވެ. ހޫނުވާން ފެށުމުން އާމްލާ ޖޫސް ކޮޅާއި، ސައިމައި ފިޔަ އަދި ހިތިފަތް އަޅާލާށެވެ. ދެން ހިހޫވުމުން ފުޅިއަކަށް އަޅާށެވެ. މި ގަވައިދުން ބޮލުގައި ލާށެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.