ގުރީން ޓީ--

ނިދުމުގެ ކުރިން ގުރީން ޓީ ބޮންތަ؟

ހޮނިހިރު 23 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ގުރީން ޓީއަކީ އެންޓިއޮކްސިޑެންޓް އަދި ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިޝަންގެ ބައިތައް ލިބިދޭ ބުއިމެކެވެ. މީރު މި ބުއިމުން ހަށިގަނޑަށް ހަމަޖެހުން ގެނެސްދީ، ސިކުނޑީގެ ހަރަކާތްތައް ރަނގަޅުކޮށްދީ ސެލްތައް ހަލާކުވުމުން ދުރުކޮށްދެއެވެ. އަދި ހާސްވުމާއި ކަންބޮޑުވުމުން ދުރުކޮށްދީ ނިދަން ފަސޭހަވެގެންދެއެވެ.

Advertisement


ނިދާ ގަޑީގައި ގުރީން ޓީ ބުއިމަކީ ރައްކާތެރިކަމެއްތަ؟

ގުރީން ޓީން ބުއިމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަން ބޮޑު ސުވާލަކަށް ވެފައިވީ ނަމަވެސް، އެއީ ގުރީން ޓީ ބުއިމަށް އެންމެ ރަނގަޅީ ކޮން ވަގުތެއްކަން އަންގައިދޭ އެކަށީގެންވާ ހެއްކެއްނެތެވެ. ނަމަވެސް ގްރީން ޓީގައިވެސް ކޮންމެސް ވަރަކަށް ކެފެއިން އެކުލެވޭތީ، ގުރީން ޓީއަކީ ނިދުމުގެ ކުރިން ބުއިމަށް އެންމެ ރަނގަޅު ބުއިމެއް ނޫނެވެ. ނިދުމުގެ ކުރިން ގުރީން ޓީ ބޯނަމަ ނިދީގެ މައްސަލަތައް ޖެހުމުގެ ފުރުސަތު އެބައޮތެވެ. އޭގެ އިތުރުން ނިދާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ދިޔާ ތަކެތި ގިނައިން ބުއިމަކީ އަވަސް އަވަހަށް ފާހާނާއަށް ދާންޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުންވެސް ނިންޖަށް އަސަރުކުރާނެއެވެ. ރޭގަނޑު ގުރީން ޓީ ބޯން ބޭނުންނަމަ އެންމެ ރަނގަޅީ ނިދުމުގެ ދެ ތިން ގަޑިއިރު ކުރިން ގުރީން ޓީ ބޮއި ނިންމުމެވެ.

ކިތައް ތަށީ ގުރީން ޓީ ބޮވިދާނެތަ؟

ތަޖުރިބާކާރުންނާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ އެއް ނުވަތަ ތިން ތަށި ގުރީން ޓީ ބުއިމަކުން ގެއްލުމެއް ނެތެވެ. ނަމަވެސް މާ ގިނައިން ގުރީން ޓީ ބޯނަމަ އޭގެ ނޭދެވޭ އަސަރު ކޮށްދާނެއެވެ. އެގޮތުން ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމާއި ރަނގަޅަށް ނުނިދުން ނުވަތަ ނިދަން އުނދަގޫވުން، ނިދިނައުން ފަދަ ކަންތައްތަކާއި ކުރިމަތިލާންޖެހިދާނެއެވެ. އެހެންވީމަ ނިދުމުގެ ދެތިން ގަޑިއިރު ކުރިން ގުރީން ޓީ ބުއިމަށް އިސްކަންދޭން ވާނެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.