ކޮވިޑުގެ ބަލި މީހަކު އެމްބިއުލާންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

މިއަދު 115 މީހުން ޕޮޒިޓިވްވެ، ފަރުވާކުރާ މީހުންގެ އަދަދު 1،553 އަށް!

އަންގާރަ 26 އޮކްޓޯބަރ 2021 | ހަމްޒާ

މިއަދު ރާއްޖެއިން 115 މީހުން ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވެ، ބައްޔަށް ފަރުވާކުރާ މީހުންގެ އަދަދު 1،553 އަށް އަރައިފިއެވެ.

Advertisement


ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު ނެގި 3،541 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވީ 115 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ރަށްރަށުން ޕޮޒިޓިވްވި 85 މީހުންނާއި، މާލެއިން ޕޮޒިޓިވްވި 22 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހުންނެވެ.

މިމީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ، 87،186 އަށް އަރާފައެވެ. އޭގެތެރެއިން 85،378 މީހުންވަނީ ބަލިން ރަގަޅުވެފައެވެ. އަދި މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާކުރާ 20 މީހުންނާއެކު ބައްޔަށް ފަރުވާކުރާ މީހުންގެ އަދަދުވަނީ 1،553 އަށް އިތުރުވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު މިބަލގައި 2 މީހުން މަރުވިއިރު ، މިހާތަނަށް މިބަލީގައި 242 މީހުންވަނީ މަރުވެފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.