ޖިރޫޑް މެޗުގެ ހަމައެކަނި ލަނޑު ޖެހުމަށްފަހު: ފޮޓޯ-އޭސީމިލާން

ޖިރޫގެ ލަނޑުން މިލާން އެއްވަނައަށް

ބުދަ 27 އޮކްޓޯބަރ 2021 | އައުޓްރީޗް

ޖިރޫޑް ޖެހި ހަމައެކަނި ލަނޑުން މޮޅުވެ، އޭސީ މިލާން ސެރީއާ ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. މިލާން ތާވަލްގެ އެއްވަނައަށް ޖެހިލީ 1-0 ން ޓޮރީނޯ ބަލިކޮށްގެންނެވެ.

Advertisement


މެޗުގެ ހަމައެކަނި ލަނޑު އާސެނަލްއާއި، ޗެލްސީގެ ކުރީގެ ފޯވާޑް ޖިރޫ ޖެހީ 14 ވަނަ މިނިޓްގައި ކުރުނިޗް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. 35 އަހަރުފެ ފްރާންސް ފޯވާޑް ވަނީ މިސީޒަންގައި މިލާނަށް ބަދަލުވެ، ލީގުގައި ކުޅުނު 6 މެޗުން 4 ގޯލް ޖަހާފައެވެ.

އޭސީމިލާން ލީގު ތާވަލްގެ އެއްވަނާގައި އޮތީ 10 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.